މިދިޔަ މަހު އެންސްޕާއިން އެންމެ ބޮޑު ހޭދައެއް ނޭވާލާއި ނިޒާމާއި ނާރުގެ ބަލިތަކަށް
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިދިޔަ ޖޫން މަހު އެންމެ ބޮޑު ޚަރަދެއް ކުރީ ނޭވާލާ ނިޒާމުގެ ބަލިތަކަށާއި ނާރުގެ ބަލިތަކަށްކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދިވެހީންގެ ބޭސްފަރުވާގެ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭ ސަރުކާރުގެ އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު، 22 ބާވަތެއްގެ ބައްޔަކުން ޖުމްލަ 1،173 ކޭހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މެއި މަހު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ކަށީގެ ބަލިތަކަށެވެ. ނަމަވެސް، މިދިޔަ ޖޫން މަހު އެންމެ ބޮޑު ޚަރަދެއްކުރީ ނޭވާލާ ނިޒާމުގެ ބަލިތަކަށާއި ނާރުގެ ބަލިތަކަށެވެ. އެގޮތުން، ނޭވާލާ ނިޒާމުގެ ބަލިތަކުން 112 ކޭހަކަށް އަދި ނާރުގެ ބަލިތަކުން 111 ކޭހަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. ދެން އެންމެ ގިނައިން އެހީ ފޯރުކޮށްދީފައިވަނީ ކަށީގެ ބަލިތަކަށެވެ. އެ ބަލީގެ 104 ކޭހަކަށް އެހީ ފޯރުކޮށްދިނެވެ. އެހެނިހެން ބަލިތަކުން އެހީ ފޯރުކޮށްދިން ކޭސްތަކުގެ އަދަދުތައް: ވިހެއުމާގުޅޭ އަދި ކެންސަރު ބަލި: ކޮންމެ ވައްތަރަކުން 99 ކޭސް ކުޑަކުދިންގެ ބަލިތައް: 78 ކޭސް ކަރުންމަތީގެ ބަލިތައް އަދި ލޮލުގެ ބަލިތައް: ކޮންމެ ވައްތަރަކުން 72 ކޭސް ގޭސްޓްރޯއިންޓެސްޓިނަލް: 66 ކޭސް ކިޑްނީ ބަލިތަކާ ގުޅޭ: 63 ކޭސް ކާޑިއޯވެސްކިއުލާ: 45 ކޭސް އެންޑޯކްރައިން، އަންހެނުންގެ ބަލިތައް އަދި ނަފްސާނީ ބަލިތައް: ކޮންމެ ވައްތަރަކުން 38 ކޭސް އެހެނިހެން: 30 ކޭސް ހެމަޓޮލޮޖިކަލް ބަލިތައް: 26 ކޭސް ހަމުގެ ބަލިތައް: 24 ކޭސް އޮޓޯއިމިއުން ބަލިތައް އަދި ހެޕަޓިކް: ކޮންމެ ވައްތަރަކުން 13 ކޭސް ކޮންޖެނިޓަލް ޑިސްއޯޑާސް، ދަތުގެ ފަރުވާ: ކޮންމެ ވައްތަރަކުން 11 ކޭސް ތެލަސީމިއާ ބަލި: 10 ކޭސް ފާހަގަކޮށްލެވޭ ގޮތުގައި އެންސްޕާއިން، ރާއްޖޭގެ އެންމެ ބޮޑު ދެ އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭއާއި ޓްރީޓޮޕުގައި އެޑްމިޓްކޮށްގެން ފަރުވާހޯދި ބަލިމީހުންނަށް މިދިޔަ މެއި މަހު 7.42 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި އެހީ ފޯރުކޮށްދީފައިވަނީ އެނދުމަތިކޮށްގެން ފަރުވާ ހޯދި 334 މީހަކަށެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ދަށުން 108 މީހަކަށް 4،055،281 ރުފިޔާ މިދިޔަ މަހު އެ އެޖެންސީން ވަނީ ހަމަޖައްސައިދީފައެވެ. އަދި، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 55 މީހަކަށް 385،302 ރުފިޔާ ހަަމަޖައްސައިދީފައިވެއެވެ. އެންސްޕާއިން ވަނީ ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މިދިޔަ މަހު 4.97 މިލިއަން ރުފިޔާ ވެސް ޚަރަދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ