ﷲ ތަޢާލާއަށް ޢަމަލުތަކުން ޝުކުރުއަދާކުރާ މީހަކު ނިކަމެތި ނުކުރައްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ކޮންމެ މުސްލިމަކުވެސް ބުނާނީ ތިމަންނާ ﷲ ތަޢާލާއަށް ޝުކުރުވެރިވާ ކަމަށެވެ. އެކަމަކު ސުވާލަކީ ޢަމަލުތަކުން އެކަން އެބަ ދެއްކޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން ފަތިސްނަމާދާއިއެކު ފަރުޟް 5 ނަމާދުކޮށްލެވޭ ހެއްޔެވެ؟  
ﷲ ތަޢާލާގެ ހަޟްރަތަށް ޝުކުރުވެރިވާކަން ޢަމަލުތަކުން ދައްކަން ކުރަން މިއޮތީ މައިގަނޑު 2 ކަމެކެވެ. އެއީ ފަރުޟް ކުރެއްވެވި ކަންކަން ކުރުމާއި ނުކުރަން އަންގަވާފައިވާ ކަންކަން ނުކުރުމެވެ. އަދި އެގޮތުގައި ޘާބިތުވުމެވެ.  
ދެން އޮތީ ތިމާގެ ދަރަޖަ މަތިވެރިކުރަން މަސައްކަތްކުރުމެވެ. އެކަމަށް ކުރަން އޮތް ކަމަކީ ވީހައި ބޮޑަށް ސުންނަތަށް ޢަމަލުކުރުމެވެ. ވީހާ ގިނައިން ޛިކުރުކުރުމެވެ. ރޭއަޅުކަންކުރުމެވެ. ވީހާ ގިނައިން ސުންނަތް ނަމާދުތައް ކުރުމެވެ.  
ޝުކުރުވެރިވާކަން ދައްކަން ސުންނަތް ރޯދަވެސް ހިފާށެވެ! ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން 13،14،15 ގައިވެސް ރޯދަހިފާށެވެ! 
ޔަޤީން ކަމަކީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިވާކަން ޢަމަލުތަކުން ދައްކާ މީހަކު ނިކަމެތި ނުކުރައްވަވާނެކަމެވެ. އެމީހަކަށް ނިޢުމަތްތައް އިތުރުކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ