ފުލުހުންގެ އެކައުންޓަށް ފައިސާތަކެއް ޖަމާކޮށްފައިވާ މައްސަލައެއް ތަހުގީގުކުރަނީ
ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ތަހުގީގުކުރަން ފަށައިފި އެވެ.ފުލުހުންގެ ރަސްމީ މީޑިއާ ގްރޫޕުގައި މިކަމުގެ މައުލޫމާތުތައް ހިއްސާކުރީ، މިފަދަ މައްސަލައެއް އުޅޭ ކަމަށް ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓުތަކުގައި މި ފުލުހުންނަށް ތުހުމަތުކޮށްފައި ވަނީ ފުލުހުންގެ ކޮއްތު ފައިސާ އާއި އަމިއްލަ ސައިކަލުތަކަށް ޕެޓްރޯލް އެޅުމުގެ ބޭނުމުގައި އަމިއްލަ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފަ އެވެ.ފުލުހުން ހިއްސާކުރި މައުލޫމާތުގައި އެ މީހުންގެ އެކައުންޓުތަކަށް ޖަމާވީ ކޮން ފައިސާއެއް ކަމެއް ނުބުނެ އެވެ. އެކަމަކު އެ މީހުންގެ މައްސަލަ ބަލަމުން އަންނަނީ މާލެ ގެނެސްގެންނެވެ. އެކަމަކު މި މައްސަލައިގައި ހިމެނޭ ފުލުހުންގެ އަދަދާއި އެހެން އެއްވެސް މައުލޫމާތެއް ފުލުހުން ނުބުނެ އެވެ.އެނގިފައިވާ ގޮތުގައި މި ފައިސާ އެ ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ފުލުހުންގެ ކެއުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ