އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމަށް ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ޒޯރާން ކުވާމޭ މަމްދާނީ ކާމިޔާބު ކުރެއްވުމާ އެކު މުސްލިމުންނާ ދެކޮޅު ޝުއޫރު ފާޅުކުރުން އެމެރިކާގައި އިތުރުވެފައިވާ ކަމަށް އެ ގައުމުގައި މުސްލިމުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފި އެވެ.
އޮކްޓޯބަރު 18، 1991 ޔުގަންޑާގެ ވެރިރަށް ކަމްޕާލާ އަށް އުފަންވި މަމްދާނީއަކީ ނިއު ޔޯކް ސްޓޭޓް އެސެމްބްލީގެ މެންބަރެކެވެ. ނިއު ޔޯކްގެ މޭޔަރުގެ އިންތިހާބު މަމްދާނީ ކާމިޔާބު ކޮށްފި ނަމަ ކަމަށް ވާދަކުރާ އެންމެ ފުރަތަމަ މުސްލިމް، އިންޑިއަން އެމެރިކަން ދަރިކޮޅަށް ނިސްބަވްތާ ކެންޑިޑޭޓެވެ.
ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓު އޭނާ ކާމިޔާބު ކުރީ ވާދަވެރި ޕްރައިމަރީއަކަށް ފަހު އެވެ. އެންމެ ކައިރިން މަމްދާނީއާ ވާދަކުރީ ނިއު ޔޯކް ސްޓޭޓުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކޫމޯ އެވެ.
އެ ޕްރައިމަރީއަށް ފަހު މަމްދާނީ އަދި އޭނާގެ ކެމްޕޭނާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލި 127 މައްސަލައެއް ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް އެޑްވޮކަސީ ގްރޫޕުން ރެކޯޑު ކޮށްފައި ވެ އެވެ. އެއީ މީގެ ކުރިން ރެކޯޑު ކޮށްފައިވާ އަދަދަށް ވުރެ ފަސް ގުނަ އިތުރުވުމެކެވެ.
އޭގެ އިތުރުން، އިސްލާމް ދީނާ ދެކޮޅު ޝުއޫރުތަކާއި ނަސްލީ ތަފާތުކުރުމަށް ހިތްވަރުދީ އޮންލައިން އެކި ޕްލެޓްފޯމްތަކުގައި 6،200 އަށް ވުރެ ގިނަ ޕޯސްޓް ކޮށްފައި ވެ އެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީން މަމްދާނީއާ މެދު ނަފްރަތު އުފައްދަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މަމްދާނީއަށް ނުރައްކަލެއް އޮތް ކަމަށް ބަލައި ނިއު ޔޯކްގެ ފުލުހުން ވެސް ވަނީ ތަހުގީގެއް ފަށާފަ އެވެ.
ނިއު ޔޯކް މޭޔަރު ކަމަށް ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓް މަމްދާނީ ހޯދުމާއެކު މުސްލިމުންނާ ދެކޮޅު ޝުއޫރު ފާޅުކުރުން އިތުރުވެއްޖެ ނިއު ޔޯކް މޭޔަރު ކަމަށް ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓް މަމްދާނީ ހޯދުމާއެކު މުސްލިމުންނާ ދެކޮޅު ޝުއޫރު ފާޅުކުރުން އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ