ރިސޯޓުތައް މަދު އަތޮޅުތައް ޓޫރިޒަމަށް ހުޅުވާލައިފި

ގިނަ ރިސޯޓުތަކެއް ނެތް އަތޮޅުތައް ޓޫރިޒަމަށް ހުޅުވާލާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޓޫރިޒަމް ފުޅާކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އަދި ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވަމުން ދެއްވި ހިތޯބުގައި ވެސް އެ މަނިކުފާނު ވަނީ އެކަން ތަކުރާރުކުރައްވާފަ އެވެ.
ރައީސް މިރޭ ވިދާޅުވި ގޮތުގައި:
ޓޫރިޒަމަށް މިހާރު ހުޅުވާލާފައިވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުގެ އިތުރުން އައްޑޫ
އެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީ ކުރާނީ އިންވެސްޓަރުންނަށް ހާއްސަ ލުއިތައް ދީގެން
މަގުތަކާއި ޓްރާންސްޕޯޓް އަދި އާއްމު ހިދުމަތްތައް ތަރައްގީ ކުރާ ގޮތަށް
އަދި ޓޫރިޒަމްއަށް ރަށްތައް ޕްރޮމޯޓް ކުރެވޭ ގޮތަށް
ރައީސް ވިދާޅުވި ގޮތުގައި މީގެ ސަބަބުން އިތުރު ވަޒީފާތައް އުފެދި، އެ ސަރަހައްދުތައް ތަރައްގީ ކުރެވޭނެ އެވެ. އަދި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ ޓޫރިޒަމް ވެސް ފުޅާކުރުމަށް އެންމެ ރަނގަޅު ވަގުތުކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ