ރައްޔިތުންގެ މަޖްލިސް ހުޅުވި ދުވަހު ބަންދުކުރި ހަތަރު މީހަކު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވަނީ ބާތިލް އަމުރެއް: ހައިކޯޓް

މުހައްމަދު ފަޒީން
ހައި ކޯޓުންކުރި އަމުރުތަކުގައި ވަނީ މާޗް 1 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ މި ހަތަރު މީހުންގެ ބަންދުގެ މުއްދަތަށް ކޮއްފައިވާ އަމުރު ތަކަކީ ބާޠިލް އަމުރުތަކެއްކަމަށް މިމައްސަލަ ބެލި ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކުރާކަމަށް ހައި ކޯޓުގެ ހުކުމުގައިވެއެވެ.
ހައިކޯޓުން ކުރި ހުކުމްތަކުގެ ބަޔާންތަކުގައިވަނީ ކްރިމަނަލް ކޯޓު އަމުރު އެ ކޯޓުން ނެރުއްވީ ޝަރުއީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރުތަށް އިސްތިއުނާފުކުރަމުން، އެ ހަތަރު މީހުންގެ ފަރާތުން ފަސް ނުކުތާ ފާހަގަކޮށް. އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ވަކިވަކިން ހައި ކޯޓުން ކޮށްފައިވާ ހުކުމްތަކުގެ ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އެކޯޓުގެ މިހަތަރު މީހުންނަށްކޮށްފައިވާ އަމުރު ތަކަކީ ފުލުހުން ޝަރީޢަތަށް ހުށަހެޅުއްވުމަށް ކޯޓަށް ގެންދެވިކަމަށް ބުނާ ވީޑިއޯ ފުޓޭޖް ބައްލަވާފައިނުވާތީއާއި. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމަގެ ޤަވާއިދު ގެ ފަސްވަނަ މާއްދާގެ ށަވިޔަނި ގައި ބަޔާންކޮށްފައިވާ އިޖްރާޢާތު ކްރިމިނަލް ކޯޓުން ފުރިހަމަކުރައްވާފައިވާކަން އެނގެން ނެތަތީ، ކްރިމިނަލް ކޯޓުގެ މި އަމުރު ތަކަކީ ބަދަލުގެންނަންޖެހޭ އަމުރު ތަކެއްކަމަށް ހައި ކޯޓުގެ ހުކުމުގެ ބަޔާން ތަކުގައިވެއެވެ.
މިމައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ ހެކި ނުވަތަ ޤަރީނާ ކަމުގައި ފުލުހުން ހުށަހަޅާފައިވަނީ ފުލުހުންގެ ބަހާއި މީޑިއާ ތަކުގެ ވީޑިއޯ ފުޓޭޖްތައް ކަމަށާއި ނަމަވެސް ކޮރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެ ވީޑިއޯތައް ހިމެނޭ ސީޑީ، މައްސަލަބެއްލެވި ފަނޑިޔާރު ނުބައްލަވާ ކަމަށް ދެފަރާތުގެ ވާހަކައިންވެސް އެނގެންއޮންނަކަން ފާހަގަކުރެވޭކަމަށް ހައި ކޯޓުގެ ބަޔާނު ގައިވެއެވެ.
ރައީސުލްޖުމަހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން އޮތް ދުވަހު އެމްޑީޕީ މެމްބަރުންނާއި އެ ޕާޓީއަށް ތާއީދު ކުރާ ވަރަށްގިނަ ބަޔަކު މަޖިލިސް ކައިރީގައިކުރި މުޒާހަރާގައި ހައްޔަރު ކުރި 67 މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކު ދޫކޮށްލުމަށް ހައި ކޯޓުން ހުކުމް ކުރީ އިއްޔެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ