ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހިންގި ތަހުގީގަށް ފަހު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވާފައިވާ ރިޕޯޓާ ގުޅިގެން އެކޮމިޝަނުން ނަގާފައިވާ ތަހުގީގު ބަޔާންތަކާއި، އެހެނިހެން ލިއެ ކިއުންތައް ފޮނުވައި ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިހުން އެދިފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ރިޕޯޓް އެޗްއާރސީއެމުން ޕީޖީއަށް ފޮނުވާފައިވާ އިރު، އެކޮމިޝަނުން ހޯދާފައިވާ ލިއެ ކިއުންތަކާއި، ނަގާފައިވާ ބަޔާންތައް ފޮނުވާފައެއް ނުވެއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ސީއެންއެމަށް މައުލޫމާތު ދެއްވި ގޮތުގައި އެތަކެތި ހޯދުމަށް އެޗްއާރސީއެމުގައި އެދިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މިމައްސަލައާއި ގުޅޭ ގޮތުން އެޗްއާރސީއެމްގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ތަހުގީގު ކުރުމަށް ޕީޖީވަނީ އެޗްއާރސީއެމަށް އަންގާފައެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
އަބުދުﷲ ގާޒީ މައްސަލާގައި އެޗްއާރސީއެމުން ނަގާފައިވާ ބަޔާންތައް ފޯރުކޮށްދިނުމަށް ޕީޖީން އެދިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ