ފިލައިގެން އުޅުނު 14 އަހަރުގެ އަންހެން ކުއްޖާ ހޯދާ އާއިލާއާއި ހަވާލުކޮށްފި

ފިލައިގެން އުޅުނު 14 އަހަރުގެ އަންހެން ކުއްޖާ ފުލުހުން ހޯދައި އާއިލާއާއި ހަވާލު ކޮށްފިއެވެ.
ފުލުހުން ހޯދަމުންދިޔަ ސ. ހިތަދޫ ފިނިފަރު ޝިފާ އިބުރާހިމް ފެނިފައިވަނީ، މިއަދު ހެދުނު 6:30 ހާއިރު ކަލާފާން ސުކޫލް ކައިރީ ހުރި ތަނެއްގައި ރައްޓެހި ކުދިންތަކަކާއި އެކު ހުއްޓައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ޝިފާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު އެވެ.
މިމަހުގެ ހަވަނަ ދުވަހުވެސް ފުލުހުން ވަނީ އާއިލާގެ ފަރާތުން ގެއްލުނުކަމަށް ރިޕޯޓްކުރި 14 އަހަރުގެ ފިރިހެން ކުއްޖަކުވެސް ހޯދައި އާއިލާއާއި ހަވާލުކޮށްފައެވެ. މިކުއްޖާ ފެނިފައިވަނީ އާއިލާގެ ބައެއްގެ ކައިރީގައި ހުއްޓައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ