އަބްދުﷲ: ގެސްޓް ހައުސް ޓޫރިޒަމްގެ ރަސްގެފާނު
އާއިލާއާ އެކު މެލޭޝިއާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވައިގެން ހުންނަވަނިކޮށް އޭނާ އަށް އިވިވަޑައިގަތީ ކ. މާފުށީގައި ގެސްޓް ހައުސް ހިންގަން ހުއްދަ ދިން ވާހަކަ އެވެ. އެއީ 2010 އެވެ. މިއީ، އޭނާ ކުރިން ވެސް އުންމީދުކުރެއްވި ފުރުސަތަކަށް ވާތީ، މެލޭޝިޔާގެ ގޭގައި ތަޅު އެޅުއްވުމަށް ފަހު އާއިލާއާ އެކު ރާއްޖެ ބަދަލުވެވަޑައިގަތެވެ. "މިކަން ވޭތޯ" ބެއްލެވުމަށެވެ. އެ ހީކުރުމަށް ދޭން އޮތީ އެންމެ ޖަވާބެކެވެ: "މިކަން ވެއްޖެ" އެވެ. މާ ބޮޑަށް ވެސް ވެއްޖެ އެވެ. މިހާރު އަބްދުﷲ ނަޝީދަކީ މުޅި ރާއްޖޭގައި ވެސް ގެސްޓް ހައުސް ޓޫރިޒަަމަށް އެންމެ ބޮޮޑު އިންވެސްޓެއް ކުރައްވައިިގެން ހުންނެވި އެއް ވިޔަފާރިވެރިޔާ އެވެ. ބޭންކް އޮފް ސިލޯނުގެ ލޯނަކާ އެކު، މި ރަށުގައި ޓޫރިޒަމްްގެ ފަށަން ދަމައިލި ފަހުން މިހާރު ތިން އަހަރު ވީ އެވެ. އޭނާގެ އެ މަސައްކަތަށް 100 ދޭ ވަރު ވެ އެވެ. އަބްދުﷲ އޭނާގެ އާއިލާއާ އެކު: ވިޔަފާރީގައި މުޅި އާއިލާ ބައިވެރިވޭ އޭނާ ހިންގަވާ "ކާނި" ބްރޭންޑްގެ ދެ ހޮޓަލަށް ދެ މިލިއަން ޑޮލަރު އޮއްސާލެއްވިއިރު، މިހާރު ފެންނަނީ އެންމެ ފޮނި ދުވަސްތަކެވެ. ނަތީޖާ އަކީ މި އެވެ؛ އަބްދުﷲ މިހާރު ޕްލޭން ކުރައްވަމުން ގެންދަވަަނީ އެންމެ ޒަމާނީ ފެންވަރުގެ ހޮޓަލެއް މި ރަށުގައި އަޅާށެވެ. އެކަމަށް ބޭނުންވާ 6000 އަކަފޫޓުގެ ބިމެއް ހޯދައި، ހަމައެކަނި އެ ބިމަށް ދެ މިލިއަން ޑޮލަރު އިންވެސްޓް ކުރައްވަން އޭނާ ހުންނެވީ އެއްވެސް ފިކުރެއް ނެތި ތައްޔާރަށެވެ. އަމާޒަކީ ހަމައެކަނި މި ރަށުން އެކަނި "އަހަރަކު ދެ މިލިއަން ޑޮލަރު ޖީބަށް ލެވޭވަރު ކޮށްލުމެ"ވެެ. "އެއީ ނުވާނެ ކަމެއް ނޫން. އަލަށް މި ހަދާ 'ކާނި ގްރޭންޑް ސީވިއު' ހުޅުވުމާ އެކު ފައިދާ ދެ ގުނަ މައްޗަށް ދާނެ،" އާ ހޮޓަލުގެ ކޮންސެޕްޓް ދައްކާލައްވަމުން، 51 އަހަރުގެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. ފަސް ބުރީގެ މި ހޮޓަލަކީ، މުޅި މާފުއްޓަށް ވެސް، އަދި މުޅި ރާއްޖެ އަށް މުޅިން އާ އުންމީދުތަކެއް ގެނެސްދޭނެ ހޮޓަލަކަށް ވާނެ ކަމަށް އަބްދުﷲ އުއްމީދުކުރައްވަ އެވެ. ގެސްޓް ހައުސްތަކުން ހިތްގައިމުކަން ދެއްކުމަކީ އަބްދުﷲ އާއި އާސިމާގެ ވިސްނުމެއް މާފުށީގައި ހިންގާ ކާނި ބީޗާއި ކާނި ވިލެޖްގެ އިތުރުން އެންމެ ޒަމާނީ ރެސްޓޯރަންޓް ކަމަށްވާ ހޮޓް ބަައިޓް ރެސްޓޯރަންޓަކީ، އަބްދުﷲގެ އަމިއްލަ ތަންތަނެވެ. މިއީ ވަރަށް ރީތި، ޒަމާނީ ގޮތަކަށް، ގިނަ ޚިދުމަތްތަކާ އެކު ހުޅުވާފައިިވާ ހޮޓާތަކެވެ. އޭގެ ތެރެއިން އެއް ތަނެއްގައި ސްޕާއެއް ހުރި އިރު، ޓޫރިިސްޓުންނަށް ބޭނުންވާ އެހެން ޚިދުމަތްތައް ވެސް ލިބެ އެވެ. ކޮންމެ ހޮޓަލެއްގައި ރެސްޓޯރަންޓެއް ހުރެ އެވެ. އެހެންވެ، މިއީ ކުޑަވަރެއްގެ ދެ ރިސޯޓެވެ. މި ހުރިހާ ތަނެއް ހިންގަނީ އޭނާގެ އަނބިކަނބަލުންނާ އެކު އުފައްދަވާފައިވާ އަސްނާ އިންވެސްޓްމަންޓުގެ ފަރާތުންނެވެ. ކާނި ހޮޓެލްސްގެ ސީއީއީގެ ހައިސިއްޔަތުން ހުރިހާ ކަމެއްގައި އިސްވެ ހުންނަވަނީ އަބްދުﷲ އެވެ. އޭނާގެ ފަހަތުން މި ހުރިހާ ކަަމެއްގެ ދެވަނަ މޭސްތިރިއަކީ އަނބިކަނބަލުން އައިމިނަތު އާސިމާ ސަލީމެވެ. މާފުށީގައި ފެންނަން ހުރި ޗާލު "ކާާނި" ހޮޓާތަކުގެ އާކިޓެކްޓް ހުރިހާ މަސައްކަތެއް ކުރެއްވީ އާސިމާ އެވެ. ކާނި ވިލެޖްގެ ސުވިމިން ޕޫލް: ގެސްޓުންނަށް ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ލިބެން އެބަ ހުރި ވިޔަފާރީގެ ތެރެއަށް އަބްދުﷲ ވަދެވަޑައިގަތީ މިއަދަކު ނޫނެވެ. ސްކޫލު ނިންމެވުމަށް ފަހު އާދައިގެ ފިިހާރައެއް، 1986ގައި ހުޅުއްވި އެވެ. އޭގެ ފަހުން ސަރުކާރުގައި ވެސް އުޅުއްވި އެވެ. ދެން އިލެކްޓްރޯނިކް ދާއިރާއިން ކުރިއަށް ވަޑައިގަތުމަށްޓަކައި އޭނާ ރާއްޖެއިން ބޭރުން ކިޔަވާ ވިދާޅުވި އެވެ. މާލޭގައި ހުޅުވި އަދި މިހާރު ވެސް ހިންގަމުން އަންނަ "އަސްނާ ޓެކްނޮލޮޖީސް" އަކީ އިލެކްޓްރޯނިކް މަސައްކަަތްތަކަށް އޭނާގެ ހުރި އަމިއްލަ ޝައުގެވެ. އޭނާ ވިދާޅުވާ ގޮޮތުން، އެއީ "މާ ކުރާ ހިތްވާ ކަމެކެ"ވެ. ކާނި ވިލެޖް: އަބްދުﷲގެ އުއްމީދުތައް ވެސް ހުރީ އުހުގައި "ގްރޭޑް 10 ގައި އުޅުނުއިރު ވެސް އަމިއްލަ އަށް ޓްރާންސްމީޓަރު ހަދައިގެން ގޭގެ އަށް އެފްއެމް ދިނިން. އޭރު ވެސް ބަލަމުން އައީ މިކަން [އިލެކްޓްރޯނިކްސް ވިޔަފާރި] ފުޅާކުރެވޭނީ ކިހިނެއްތޯ،" ދެ ކުދިންގެ ބައްޕަ ވިދާޅުވި އެވެ. އެ އިންތިޒާރުގައި ހުންނަވަނިކޮށް އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލުމާ އެކު ލައިސަންސަށް އެދިވަޑައިގަތެވެ. ކެޕިޓަލް ރޭޑިއޯއަކީ އޭނާގެ އަމިއްލަ، އަދި ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި އަމިއްލަ އެއް ރޭޑިއޯ ސްޓޭޝަނެވެ. ހަތް މުވައްޒަފުންނާ އެކު އެތަން ހިންގެވުމަށް ފަހު ވިއްކާލެއްވީ އެވެ. ދެން ވެންނެވީ އެންމެ ޒަމާނީ ފެންވަރުގެ ސަފާރީއަކާ އެކު ޓޫރިޒަމްގެ ދާއިރާއަށެވެ. އެކަމަކު އެ ވެސް ފަހުން ވިއްކާލެއްވީ އެވެ. އޭގެ ފަހުން މާލޭގައި ހުރި އޭނާގެ އަމިއްލަ ގޭގައި "ކާނި" ނަމުގައި ގެސްޓް ހައުސްއެއް ހުޅުއްވި އެވެ. ބާރަ ކޮޓަރީގެ މި ގެސްޓް ހައުސް އަކީ ޓޫރިޒަމް ދާއިރާ އަށް އޭނާ ލޯ ރަނގަޅަށް ހުޅުވެން ފެށުމެވެ. މާފުށީގައި ހުރި ކާނި ބީޗާއި ކާނި ވިލެޖް އެންޑް ސްޕާ އާއި މާލޭގައި ހިންގާ ގެސްޓް ހައުސްގައި 114 އެނދު މިހާރު ގެންދަވަނީ އޮޕަރޭޓް ކުރައްވަމުންނެވެ. "މިހާރު ވެސް އެ ގެސްޓް ހައުސް ހިންގަން. ޓްރާންސިޓް ފަސިންޖަރުން އައިސް އެތާާނގައި ތިބޭނެ. މިހާރު ވެސް ހަމަ ފުލްކޮށް އޮތީ،" މާފުށީގައި، އަމިއްލަަ ހޮޓާ، ކާނި ވިލެޖްގައި "ހަވީރު"ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވި އެވެ. "އެތަން ހުރި ގޮތަށް ބަހައްޓާފައި މެލޭޝިޔާ އަށް ފުރީ." އަބްދުﷲ ކާނި ވިލެޖްގައި "ހަވީރު"ގެ ނޫސްވެރިންނަށް އިންޓަވިއު ދެއްވަނީ -- ހަވީރު ފޮޓޯ: މުހަންމަދު ޝަރުހާން އެކަމަކު ޓޫރިޒަމް ދާއިރާގެ މި ތަޖުރިބާތައް އޭނާ މި ކުރައްވަނީ އަލަށެވެ. މިހާރު މިއީ އާއިލީ މަސައްކަތެކެވެ. ގާތްގަނޑަކަށް 90 ވަރަކަށް މުވައްޒަފުންް (ހޮޓާތަކުގައި 83 މުވައްޒަފުން)ގެ ހުރިހާ ކަމެއްގެ ޒިންމާ ނަންގަވަނީ އާސިމާ އެވެ. އޭނާގެ ދެ ބޭފުޅުން އަމިއްލަ ކުންފުންޏެއް އުފައްދަވައިގެން، މަންމަ އާއި ބައްޕަގެ ކުންފުންޏަށް ފުޑް ސަޕްްލައި ކުރުމުގެ މަސައްކަތް ކުރައްވަ އެވެ. އެހެންވެ މިއީ އާއިލާއެއްގެ ތެރޭގައި ހިނގަމުން އަންނަ ވިޔަފާރިތަކެވެ. އަބްދުﷲ ވިދާޅުވީ 83 މުވައްޒަފަކަށް ވަޒީފާ ދެވި، މިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރެއްވުމަކީ އެންމެ ބޮޑު އުފާ ކަމަށެވެ. އަނެއް އުފަލަކީ، އޭނާ ވިދާޅުވާ ގޮތުގައި، "މީހުން މިކަން ބަލައިގަތުމެ"ވެ. "މީހުން މިކަން ބަލައިގަންނަކަން އެއީ އެންމެ ބޮޑު އެއް އުފާ. އަނެއް އުފަލަކީ އެތައް ބަޔަކަށް ވަޒީފާތަކެއް ފޯރުކޮށްދެވުން." ގެސްޓް ހައުސް ޓޫރިޒަމްްގެ ހުރިހާ ކަމެއް އޭނާ މިހާރު ވަނީ ދަސްކުރައްވައިފަ އެވެ. އެ މަސައްކަތުގައި ކޮންމެ ދުވަހަކުހެން އުޅުއްވަ އެވެ. ގިނަ ދުވަސްތައް ހޭދަކުރައްވަނީ މާފުށީގަަ އެވެ. އެކަމަކު ދާން ބޭނުންވާ ހިސާބަށް ވިޔަފާރި ގޮސް ނިމުނީއެއް ނޫނެވެ. ޓޫރިޒަަމްގެ ދާއިރާ އަށް އިތުރު އިންވެސްޓްމަންޓް ގެންނަވަން އޭނާ ހުންނެވީ އަތުކުރި އޮޅާލައްވައިގެންނެވެ. މިހާރު ކަޅި ހުއްޓިފައި ހުރީ، ގެސްޓް ހައުސްތަކެކޭ އެއްގޮތަށް، މެދު ފަންތީގެ ރިސޯޓަކަށެވެ. "ރަނގަޅު ތަަނެއް ލިބޭތޯ މިހާރު ބަލަމުން މިދަނީ،" އަބްދުﷲ ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި "މިއީ ތަޖުރިބާތަކެއްގެ ތެރެއިން ކުރެވޭ ވިޔަފާރިއެކެ"ވެ. އޭނާ އަކީ ތަޖުރިބާތައް ކުރައްވާ ހިތްވާ ބޭފުޅެކެވެ. މާޒީގައި ވެސް އެކަން އޮތީ އެހެންނެވެ. ރިސްކު ނަންގަވަން ކެރިވަޑަައިގަނެ އެވެ. އެ ރިސްކުތަކުގެ ގޯހެއް އޭނާ އަށް ފެންނާކަށް ވެސް ނެތެވެ. އަބްދުﷲ ކާނި ބީޗްގައި އޭނާގެ މުވައްޒަފުންނާ ބައްދަލު ކުރައްވަނީ -- ހަވީރު ފޮޓޯ: މުހަންމަދު ޝަރުހާން މާފުށީގެ ޓޫރިޒަމް މިއަދު ދެކޭ ކުރިއެރުމުގައި އަބްްދުﷲގެ ވަރަށް ބޮޑު ހިއްސާއެއް އެބަ އޮތެވެ. މީހުން ދިރިއުޅޭ އާންމު ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޓޫރިޒަަމްގެ ފޮނި މޭވާ އަޅާ ރަށަަކަށް އެ ރަށް ބަދަލުކޮށްލުމުގެ އެއް ބާނީ އަކީ އަބްދުﷲ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ މި ރަށުގެެ ޓޫރިޒަމްގެ "ރަސްގެފާނެ"ވެ. މާފުށި ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓްކޮޮށް، އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރުގެ ނޫސްވެރިންނާއި ފޮޓޯގްރާފަރުންނާއި ބްލޮގަރުން މި ރަށަށް ގެންނަވަ އެވެ. ފޮޓޯގެލަރީ: މާފުށި ގެސްޓް ހައުސް ވިޔަފާރި 19 ފޮޓޯ އަބްދުﷲ ވިދާޅުވާ ގޮޮތުން މި ރަށް މިހާރު އޮތީ އެންމެ އުނދަގޫ މަރުހަލާ ހުރަސްކޮށްފަަ އެވެ. މިހާރު މި ރަށް ޑެސްޓިނޭޝަނަކަށް ވެއްޖެ އެވެ. ރަށް އޮތީ، އާދައިގެ ގޮތަކަށް ގެސްޓް ހައުސްއެއް ހަދާލިޔަސް، ރޫމްތައް ފުރޭ ހާލަތުގަ އެވެ. މާފުށި މިއަދު މި ދެކޭ ތަރައްގީ އަކީ ގެސްޓް ހައުސް ޓޫރިިޒަމެވެ. އެހެން ރަށަކުން މި މަންޒަރު ބަލަން ބޭނުން ނަމަ އަބްދުﷲ ކަހަލަ އިންވެސްޓަރުން އުފެދެން ޖެހެ އެވެ. ހީވާގިކަމާއި މުރާލިކަމެވެ. ވިސްނުންތެރިކަމާ އެކު ފިޔަވަޅު އަޅަން ކެރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ