އަލިފާން ރޯވި ތަނަކީ "ހެޒެޑަސް" ޒޯނެއް، ރައްކާވެތިބުން މުހިއްމު: އީޕީއޭ

މިދިޔަ ހުކުރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ވައި ތަޣައްޔަރު ނޫން ކަމަށް ދެއްކި ނަމަވެސް، އެތަނަކީ އަދިވެސް "ހެޒެޑަސް" ނުވަތަ ނުރައްކާތެރި ޒޯނެއް ކަމަށް ރައްކާތެރިވެ ތިބުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ލަފާ ދީފި އެވެ.
އީޕީއޭއިން ވަނީ އަލިފާނުގެ ހާދިސާ ހިނގި ސައިޓުގެ ވައިގެ ކޮލިޓީ ޓެސްޓުކޮށްފަ އެވެ. އެގޮތުން ޓެސްޓު ކުރި ތިން ބާވަތުގެ ޕާޓިކަލްއަކީ ކާބަން މޮނޮކްސައިޑް، ނައިޓްރޮޖަންޑައި އޮކްސައިޑް އަދި ސަލްފަޑައި އޮކްސައިޑެވެ. އެ ހުރިހާ އެއްޗެއް ވެސް ހުރީ ހުންނަން ޖެހޭ ރޭންޖުގަ އެވެ.
އެގޮތުން ކާބަން މޮނޮކްސައިޑް ހުރީ 0.242 ގައެވެ. ނައިޓްރޮޖަންޑައި އޮކްސައިޑް 0.074 ގައި ހުރިއިރު ސަލްފަޑައި އޮކްސައިޑް ހުރީ 0 ގައެވެ. Ambient air quality at the fire incident site on 22nd September. Eventhough all tested parameters are within acceptable range, it is still a hazardous zone and the public is advised to take all necessary precautions as per the guidance of authorities. @NDMAmv @HPA_MV @MoEnvmv pic.twitter.com/GjqW729m1a— EPA Maldives (@EPAMaldives) September 23, 2019
އީޕީއޭ އިން ބުނީ ޓެސްޓުގެ ނަތީޖާ ރަނގަޅު ނަމަވެސް، އާއްމުންގެ ފަރާތްތަކުން ރައްކާތެރިވެ ތިބުން މުހިއްމު ކަމަށެވެ. އެގޮތުން ކަމާ ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދަށް ބޯލެނބުމަށް އިލްތިމާސްކޮށްފައި ވެއެވެ.
އީޕީއޭ އިން ލަފާ ދީފައި ވަނީ ބޭނުމެއް ނެތި އެ ސައިޓަށް ނުދިޔުމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރާ ފުލުހުންނާއި ސިފައިން އަދި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން ވެސް ހުރިހާ ވަގުތެއްގައި ސޭފްޓީ މާސްކު އަޅައި، ރައްކާތެރި ފިޔަވަޅު އަޅައިގެން ތިބުމަށް ލަފާ ދީފައި ވެއެވެ.
ހުކުރު ދުވަހުގެ ރޭ އެންމެ ފުރަތަމަ ރޯވެފައި ވަނީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގަ އެވެ. އެ އަލިފާންގަނޑު ވަނީ ހިސާބުގަނޑުގެ ގެތަކާއި އިތުރު ހަތަރު ގުދަނަށް ފެތުރިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ