ބޮޑު އަލިފާނުގައި ގެއްލުން ލިބުނު ފަރާތްތަކާއި ރައީސް މައުމޫން ބައްދަލުކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގެތަކަށް ގެއްލުން ލިބުނު ބައެއް ފަރާތްތަކާއި ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފި އެވެ.
އެކަން ހާމަކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާތަނަށް ސަރުކާރުގެ ފަރާތުން އެ ފަރާތްތަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަން އެ ފަރާތްތަކުން ބަލައިގަންނަ ކަމަށެވެ.
އަދި އޭގެ އިތުރުން އެ ފަރާތްތަކުގެ އިތުރު ކަންބޮޑުވުންތައް މި ބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަންކަމުގެ އިތުރު ތަފްސީލެއް ރައީސް މައުމޫން ދެއްވާފައެއް ނުވެއެވެ. A group of people whose homes had been damaged by the huge fire of last September, called on me yesterday. Though they appreciated the help so far received from the authorities they still had serious and urgent concerns. All my sympathies are with them. @ibusolih @MRM_Office pic.twitter.com/JwTd5fDlxs— Maumoon Abdul Gayoom (@maumoonagayoom) December 18, 2019
ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 35 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެ އެވެ.
ފޮޓޯ: ސޯޝަލް މީޑިއާ
ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ. އެ ހާދިސާގައި އެކަކު މަރުވިއިރު 600 އެއްހާ މީހުން ހާލުގައި ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ