މެމްބަރު ރާއީގެ ތުހުމަތުތަކެއް ގުރުއާން މުދައްރިސުންނަށް!

ރައްޔިތުންގެ މަޖިލީހުގެ މަކުނޫދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީގެ ރާއްޖޭގައި ގުރުއާނުގެ އިލުމު އުނގަންނައިދޭ ގުރުއާން މުދައްރިސުންނަށް ތުހުމަތުތަކެއް ކުރައްވައިފިއެވެ.ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، 13 އަހަރުގެ ކުއްޖެއް، ކޯޓުން ބޭރުން ކައިވެނިކޮށްފައިވާ ބުނާ މައްސަލައާއި ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް ހުށަހަޅާފައިވާ ކުއްލި މައްސަލައާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރާޢީ ވިދާޅުވީ އެންމެ ގިނައިން ކުޑަކުދިންނާއި ބެހިފައި ނުވަތަ ކުޑަ ކުދިންނަށް ޖިންސީ އަނިޔާ ކޮށްފައި ހުންނާނީ ކީރިތި ޤުރުއާން އުންގަނައި ދެއްވާ މުދައްރިސުން ކަމަށެެވެ. އަދި އެކަންކަން ފުލުހުންގެ ރެކޯޑުތަކުން އެނގިހާމަވެގެން ދާނެ ކަމަށްވެސް ރާއީ ވަނީ ވިދާޅުވެފައެވެ."އަޅުގަނޑުމެންނަށް ފެންނާނެ، އަޅުގަނޑުމެން ހަގީގަތް ގަބޫލުކުރަން ހިނގާ.. މިހާރުވެސް ގޮއްސަ ޕޮލިސް ރިޕޯޓުތައް ބަލާލާ... އެންމެ ގިނައިން، ހަމަ އެންމެ ގިނައިން ކުޑަކުދިންނާ، އެއީ އަންހެންވިޔަސް ފިރިހެންވިޔަސް ބެހިފައިހުންނާނީ ޤުރުއާން ޓީޗަރުން". ރާޢީ ވިދާޅުވިއެވެ.ރާއީ އިތުރަށް ވިދާޅުވީ، އެފަދަ ވާހަކަތަކެއް އޭނާ ދައްކަވަނީ ޤުރުއާން ގޯސްވެގެން ނޫން ކަމަށެވެ. އަދި އެއީ އެމީހުން އެމަސައްކަތް ކުރާގޮތް ކަމަށާއި، އެމީހުން އެ "ދީނީ ފަތްގަނޑު" އަޅައިގެން ތިބެ އެކަހަލަ މުޑުދާރު އަމަލުތައް ހިންގަމުން ދާކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން ރާއީ ވަނީ މިހާރު ރައްޔިތުން ދީނީ އިލްމުވެރިންގެ ބަސް ޤަބޫލު ނުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައިވެސް ރަނގަޅު ދީނީ އިލްމުވެރިން ތިބި ކަމަށާއި، އަދާލަތު ޕާޓީ އޮތީ ސަރުކާރުގެ ކޯލިޝަނުގެ ތެރެއިން ކަމަށް ރާއީ ވިދާޅުވިއެވެ.އަދި މަޖިލީސް ތެރޭގައި ކަމެއް ގޯހުން ދާނަމަ އެކަމާއި ގުޅިގެން ނެރެންޖެހޭ ރައުޔެއް ނެރޭނީ އަދާލަތުން ކަމަށްވެސް ރާއީ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ