މޫސުން ގޯސްވުމުން ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ ލ.އަތޮޅުން ފެށިގެން ހުވަދު އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު ފަހު 15:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރުގެ އަތޮޅުތަކަށް 11 މޭލާއި 18 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ނަމަވެސް މެދުރާއްޖެ ތެރެއާއި އުތުރުގައި ވައި މަޑުވާނެއެވެ. މެދުރާއްޖެ ތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ސަރަހައްދުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
ދެކުނުގެ އަތޮޅުތަކަށް އަނެއްކާވެސް މޫސުން ގޯސްވެފައި މިވަނީ ދުވަސްތަކެއް ވަންދެން ވިއްސާރަ ކުރުމަށް ފަހު މޫސުން ރަނގަޅުވިތާ ހަފްތާއެއްހައި ދުވަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ