މިދިޔަ މޭ މަހު ބޭއްވި، ޗައިނާ ބަހުގެ ފެންވަރު ވަޒަންކުރުމުގެ އެޗްއެސްކޭ އަދި ވައިސީޓީ އިމްތިހާނުތަކުގައި ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުގައި ކިޔަވާ ދަރިވަރުން ބައިވެރިވެ ފަހުރުވެރި ނަތީޖާތަކެއް ހޯދައިފި އެވެ.
ތަފްސީލް - ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުގައި ކިޔަވާ ދަރިވަރުން ހޯދި ކާމިޔާބީތަކުގެ ތެރޭގައި:
އެޗްއެސްކޭ ލެވެލް 1، 2، 3 އަދި ވާހަކަދެއްކުމުގެ އެޗްއެސްކޭކޭ ލެވެލް 1ގެ އިމްތިހާނުގައި ބައިވެރިވި 21 ދަރިވަރުންގެ ތެރެއިން، 20 ދަރިވަރަކު ވަނީ ފާސްވެފައި
ކުޑަކުދިންނަށް ހާއްސަ ޗައިނާ ބަހުގެ ވައިސީޓީ އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވެސް ވަނީ ފާސްވެފައި
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ވަނީ އެޗްއެސްކޭ/އެޗްއެސްކޭކޭ އަދި ވައިސީޓީ އިމްތިހާނުގެ ދެ ބުރެއް ރަސްމީކޮށް ބާއްވާފަ އެވެ. މިހާތަނަށް 50އަށް ވުރެ ގިނަ ދަރިވަރުން ވަނީ މި އިމްތިހާނުތަކުން ފާސްވެފަ އެވެ.
އިތުރު ތައުލީމާއި ސްކޮލަޝިޕް: އެޗްއެސްކޭ ސެޓްފިކެޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމުގެ ފުރުސަތުތަކަށާއި ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، އަގުހުރި ސެޓްފިކެޓެއް
ވަޒީފާގެ މައިދާނުގައި ކުރިއެރުން: ފަތުރުވެރިކަން، ހޮސްޕިޓަލިޓީ، ސިއްހީ ހިދުމަތް އަދި ވިޔަފާރީގެ ދާއިރާ ފަދަ ރާއްޖޭގެ މުހިންމު ސިނާއަތްތަކުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ކުރިއެރުމަށް މަގު ހުޅުވިގެންދޭ
އަމިއްލަ ހުނަރާއި އިތުބާރު: ޗައިނާ ބަސް ދަސްކުރުމަށް ހިތްވަރު ލިބި، އިތުބާރާ އެކު ޗައިނާ ބަހުން ވާހަކަ ދެއްކުމަށް މި ކޯހުން މަގުފަހިކޮށްދޭ
ފާހަގަކޮށްލެވޭ - ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް، ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާ އެކު ފޯމު ހުށަހެޅޭނެ އެވެ.
އިތުރު މައުލޫމާތު:
ހޮޓްލައިން ނަންބަރު - 3303200
އީމެއިލް - [email protected]
ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ފަހުރުވެރި ކާމިޔާބީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ