ކުރިއަށް އޮތީ މޫސުން ގޯސްވާނެ 24 ގަޑިއިރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މިއަދުގެ ހެނދުނުން މާދަމާގެ ހެނދުނު 10:00 އާ ހަމައަށް މެޓް އޮފީހުން ލަފާ ކޮށްފައިވާ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އެވެ. އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުންް ގަޑިއަކު އަށް މޭލާ 17 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، އެެންމެ އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
ކުރިއަށް އޮތީވެސް މޫސުން ގޯސް ދުވަހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ