ށ. ފުނަދޫގައި މޫދަށް ގެނބިގެން ތުއްތު ކުއްޖަކު ނިޔާވެއްޖެ އެވެ. 
ފުލުހުންގެ އިދާރާއިން ބުނީ، މިހާދިސާގައި ނިޔާވެފައި ވަނީ، 1 އަހަރާއި 9 މަހުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ނިޔާވީ ފުނަދޫގެ ދެކުނު ސަރަހައްދުގައި އަލަށް އާބާދުވި ސަރަހައްދުން މޫދަށް ގެނބިގެންނެވެ. އަދި އެ ހާދިސާ ހިނގީ އެހެން ކުދިންތަކަކާއި އެކު އެކުއްޖާ ކުޅެން އުނެޅިކޮށް ކަމަށެވެ.
ތުއްތު ކުއްޖާ މަރުވެފައިއޮއްވާ ފެނުނީ، އެކުއްޖާގެ ހިލަމެއް ނުވެގެން ހޯދަމުންގޮސް، އަތިރިމަތީގައި އެ ކުއްޖާގެ ފިޔަވަޅު ހުރި ފާހަގަ ބެލުމުން އަތިރިމައްޗަށް ފައިބައިފައިވާކަން އެނގިގެން އެދިމާ މޫދު ބެލުމުން ކަމަށް މައުލޫމާތުލިބެ އެވެ.
ފުލުހުން ދަނީ އެމައްސަލައިގައި ކަންހިގައިދިއަގޮތް ބަލަމުން ނެވެ.
    
    މޫދަށް ގެނބިގެން 2އ. ނުވާ ތުއްތު ކުއްޖަކު ނިޔާވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            