ދިވެހި ހައްޖުވެރިން މިހާރުތިބީ މިނާގައި ކަމަށާއި، އަރަފާތަށް ދިއުމަށް ރާއްޖެގަޑިން މިރޭ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.
މިނާއަށް ދިޔުމަށް ޙައްޖުވެރިން ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފަތިޙުގެ ވަގުތެއްގައި މިނާއަށް ހުރިހާ ދިވެހި ޙައްޖުވެރިންނަށްވެސް އާދެވިފައިވާއިރު، މިނާގައި އަންހެނުން އަދި ފިރިހެނުން ޚާއްސަ ޓެންޓު، ކެއިންބުއިމަށް ޚާއްސަ ބުފޭ ސަރަޙައްދު ވަކިން ހުންނާނެއެވެ.
ދިވެހި ހައްޖުވެރިންނާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، ދިވެހި ހައްޖުވެރިން މިރޭ އަރަފާތަށް ދިއުމަށް ފުރާނެ ކަމަށާއި، މިއީ ދިވެހި ތާރީޚުގައި ވެސް ދިވެހި ޙާޖީންނަށް ލިބޭނެ އެންމެ މަތީ ޚިދުމަތާއި އެހީތެރިކަން ލިބޭފަހަރުކަން ފާހަގަކުރައްވާ ކަމަށެވެ.
"ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހައި ޙާޖީންނަށް ތައުފީޤު ދެއްވާށި. އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ހިއްވަރާއި ޢަޒުމާއި ހެޔޮ ސިއްހަތު ދެއްވާށި," އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމްގެ މެސުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ހައްޖުވެރިންނާއި ގުޅޭގޮތުން ރާއްޖޭގެ ހައްޖު މިޝަނުން ބުނެފައިވަނީ، ދިވެހި ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ މިނާގައި ކަމަށާއި، މިވަގުތާއި ހަމައަށް ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި ހައްޖުވެރިންނަށް ހައްޖުގެ މަނާސިކުތައް ފުރިހަމައަށް އަދާކުރުމަށް ދޭންޖެހޭ ފުރިހަ އެހީތެރިކަމާއި އެއްބާރުލުން ހައްޖު މިޝަނުން ދެމުން ގެންދާނެކަމަށްވެސް ހައްޖު މިޝަނުން ބުނެފައިވެއެވެ.
ދިވެހި ހާޖީން އަރަފާތަށް ދިއުމަށް މިރޭ ފުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ