އައްޑޫ ސިޓީގެ ލިންކްރޯޑް މަރާމާތުކުރުމާއި މަގުތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢަށް ބޭނުންވާ ބޮޑެތި އުޅަނދުތަކާއި މުހިންމު ސާމާނުތައް އެ ސިޓީއަށް ފޮނުވައިފި ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
ދައުލަތުގެ ބަޖެޓުން 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ހެދުމަށް ކުރަންޖެހޭ ހުރިހާ ސާވޭގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
އާރްޑީސީން މައުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ މަގު ފުޅާކޮށް، އިތުރު ލޭންތައް ހެދުމަށްޓަކައި މަގުމަތީގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމާއި މަގު ކޮށައި އަލިކުރުމުގެ މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާއިރު، އޭގެ ތެރޭގައި ހިމެނެނީ:
އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހިމެނޭ ގޮތަށް މުޅި ސިޓީގައި ކުރިއަށްދާ މި މަޝްރޫޢަކީ އައްޑޫގެ ރައްޔިތުންނަށް ވަރަށް މުހިންމު މަޝްރޫޢެކެވެ. 2003 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ އައްޑޫ ލިންކްރޯޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި ނުރައްކާތެރި އެތައް އެކްސިޑެންޓްތަކެއް ހިނގައި، ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން، އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށް ރައްޔިތުން އުންމީދު ކުރެއެވެ. 3 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ނިންމަން ޙަވާލުކުރި މި މަޝްރޫއުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.
ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރިނުކުރުމަށް މިނިސްޓަރު އިހުސާން އިލްތިމާސް ކުރައްވައިފި ޝެއިހް ނިޝާންގެ ތުހުމަތުތަކަށް މިނިސްޓަރު ޝަހީމް ރައްދު ދެއްވައިފި ރައީސް މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެން ބަނގުރާ ބޭނުންކޮށް އެ ތަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ