އިންޑިއާއިން އައި ދިވެހިންގެތެރެއިން އައިޖީއެމްއެޗްގައި ކަރަންޓީން ކޮށްފައިވަނީ ކިޑްނީ ބަލީގެ ފަރުވާ ހޯދާ 5 މީހުން: މަބުރޫކް

އިންޑިއާ އިން މިއަދު ރާއްޖެ އައި 159 ދިވެހިންގެ ތެރެއިން އައިޖީއެމްއެޗްގައި ކަރަންޓީން ކޮށްފައިވަނީ ކިޑްނީ ބަލީގެ ފަރުވާ ހޯދާ 5 މީހުން ކަމަށް ކޮވިޑް-19 އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
މަބުރޫކު މިއަދު ވިދާޅުވި މީގެ ތެރެއިން ތިން މީހުންނަކީ ކޮންމެ ދުވަހަކު ޑަޔަލިސިސް ހަދަންޖެހޭ މީހުން ކަމަށެވެ.
މި 5 މީހުންގެ އިތުރުން، ދެ ކުޑަ ކުއްޖަކު ވެސް އައިޖީއެމްއެޗްގައި ކަރަންޓީނު ކޮށްފައިވާ ކަމަށާއި އެ ކުދިންނާއެކު ދެ ބެލެނިވެރިޔަކުވެސް ތިބޭނެ އިރު ޖުމްލަ ނުވަ މީހަކު އައިޖީއެމްއެޗްގެ ހާއްސަ ސަރަހައްދުގައި ކަރަންޓީނު ވެފައި ތިބޭނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީން ކުރުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ