އައްޑޫ ސިޓީގައި ހަވީރު ފިންޏަށް ނިކުމެ އުޅޭ މީހުން ޖޫރިމަނާ ކުރަނީ

މި ދުވަސްވަރަކީ ކޮވިޑް-19 މުޅި ރާއްޖެއަށް ފެތުރެމުންދާ ދަނޑިވަޅަކަށްވާތީ، ގިނަ ބަޔަކު މަގު މައްޗަށް ނިކުމެ އުޅުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފު ކަމައް ކަމަށްވާތީ، އައްޑޫ ސީޓީގައި ހަވީރު ގަޑީގައިއާއި އެހެން ގަޑިތަކުގައި ޒަރޫރީ ބޭނުމެއް ނެތި ދުއްވަން ނިކުމެ އުޅޭ މީހުން ޖޫރިމަނާ ކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، ރަމަޟާން މަހަކީ އާންމު ގޮތެއްގައި ގިނަ ބަޔަކު ހަވީރު ގަޑީގައި ހަވީރު ފިންޏަށް ދުއްވުމަށް ނިކުމެ އުޅޭ މައްސަރަކަށް ވާއިރު، ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ އުޅުމަކީ ރައްކާތެރިކަމަކަށް ނުވާތީވެ އެކަމާއި ހިލާފުވާ ފަރާތްތައް 500 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ، އެ ސިޓީގެ ފިހާރަތަކާއި ރެސްޓޯރެންޓުގެ އަދި މިސްކިތުގެ ޖަމާއަތުގައި ނަމާދު ކުރުން މަނާ ކޮށްފަ އެވެ.
ރާއްޖެ ޓީވީއަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، މާޗް މަހުން ފެށިގެން އައްޑޫ ސިޓީން އައި ކޮވިޑް-19 އަށް ތައްޔާރުވަމުން ކަމަށެވެ. އެގޮތުން މިހާރު ކޮވިޑް-19 ގެ އިމަރޖެންސީ ސެންޓަރު ގާއިމްކޮށް ސިޓީ ފެންވަރުގައި މަސައްކަތް ކުރެވެމުންދާ ކަމަށާއި، މަސައްކަތް ކުރަނީ އައްޑޫ ސިޓީގެ އެއްވެސް ރަށަކަށް ކޮވިޑް-19 ފެތުރުނަ ނުދިޔުމުގެ މަސައްކަތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ