އިދާރާތަކުގެ އެކްސްޕޯއެއް އެމްއެމްއޭއިން ހުޅުމާލޭގައި ފަށައިފި މިއީ އަދި ޕޭޕަލްގެ ފުރަތަމަ ފިޔަވަޅު: ރައީސް މުއިއްޒު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިނގާނީ ނުފޫޒުން އެއްކިބާވެގެން: ރައީސް ނިކޮޓިން ޗުއިންގަމާއި ޕެޗުން ޑިއުޓީ ކަނޑާލަން ގާނޫނަށް އިސްލާހެއް މަގުބޫ

ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހަޅއްވި މި ބިލް މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 30 އިންސައްތައަށް ހަދައި، ކޮންމެ ސްޓިކަކުން ނަގާ ޑިއުޓީ ވަނީ 4 ރުފިޔާއަށް ދަށްކޮށްފައެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ. މި ބިލް ތަސްދީގު ކުރެއްވުމާއެކު، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަމާބެހޭ ގަވާއިދުތައް އިސްލާހުކޮށް ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ޖެހޭނެއެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލެއް ގެނައީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެފަހަރު ސިނގިރޭޓުން ނަގާ ޑިއުޓީ 3 ރުފިޔާ 30 ލާރިން 8 ރުފިޔާއަށް ބޮޑުކުރި ނަމަވެސް، މި އަގު ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެއިރެއްގައި ކުރެވޭ ދިރާސާތަކުގެ ނަތީޖާއަށް ބަލައި ޑިއުޓީ ރޭޓަށް ބަދަލުތައް ގެންނަމުންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ