އަބުރުގެ ޤާނޫނުގެ ދަށުން މީޑިއާތައް ޖޫރިމަނާކުރި ފައިސާ އަނބުރާދޭން މަޚުލޫފު ގޮވާލައްވައިފި

އަބުރުގެ ޤާނޫނުގެ ދަށުން ޖޫރިމަނާކުރި ފަރާތްތަަކަށް އެފައިސާ އަނބުރާ ލިބޭނޭ ގޮތް ހެދުމަށް މަހުލޫފު ގޮވާލައްވައިފިއެވެ.
ޤާނޫނު ނަމްބަރު 15/2016 އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު، އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބުދުﷲ ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެެވެ. އަދި އެބިލް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވާއިރު، ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބުތިދާއީ ބަހުސަށް ހުޅުވާލުމަށް ވޯޓަށްވެސް އަހާނެއެވެ.
އަބުުރު ރައްކާތެރި ކުުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމަށް މަޖިލީހަށް ހުށައަޅާފައިވާއިރު މަޚުލޫފު ވިދާޅުވީ އެކަން ފާސްކުރެވިގެން އަންނައިރުމ ނުހައްޤުން ޖޫރިމަނާކޮށްފައިވާ ސްޓޭޝަންތަކަށް އެފައިސާ އަނބުރާ ލިބޭގޮތަށް ފާސްކުރުން މުހިއްމު ކަމުގައި ދެކޭ ކަމަށެވެ.
އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ބުރޯޑްކާސްޓިންގ ކޮމިޝަން މެދުވެރިކޮށް ސަރުކާރުން އެންމެބޮޑު ޖޫރިމަނާއެއް ކޮށްފައި ވަނީ ރާއްޖެޓީވީއެވެ. ޖުމުލަ ހަތަރު ފަހަރެއްގެ މަތިން 3.7 މިލިޔަން ރުފިޔާއިން އެ ސްޓޭޝަން ޖޫރިމަނާކޮށްފައި ވެއެވެ.
މީގެ އިތުރުން ވީމީޑިއާވެސް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކުރި އިރު، ސަންގު ޓީވީވެސް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ޕީޕީއެމްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން މަޖިލީހުން ފާސް ކުރުވީ، 2015 ވަނަ އަހަރުގެ ތެރޭގައި ފަޅާއެރި މިސަރުކާރުގެ އެންމެބޮޑު 1.3 ބިލިއަން ރުފިޔާގެ ބޮޮޑު ޚިޔާނާތާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ހުއްޓުވުމަށްކަމުގައި އިދިކޮޅު ފަރާތްތަކުންވެސް ބުނެފައިވެއެވެ.
އަދި އެޤާނޫނަކީ ރާއްޖޭގެ މިނިވަން މީޑިއާއަށާއި ނޫސްވެރިކަމަށް ވަރަށްބޮޑަށް ހުރަސް އަޅާފައިވާ އަދި އިންސާފުން އެންކިބާވެފައިވާ ޤާނޫނަކަށްވާތީ އެޤާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވަޢުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ