ހަވީރު 4 ޖަހާއިރު މަސްމާރުކޭޓް ބަންދުވާނެ ކަމަށާއި 4 ގެ ފަހުން ދޯނި ފަހަރުންވެސް މަސް ނުގަނެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ ޑިޕިޔުޓީ މޭޔަރ ސަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަމާއު ޝަރީފް މިއަދު ވިދާޅުވީ ކުރިން އޮތީ މަސްމާރުކޭޓް ނުހުޅުވާ ގޮތަށް ކަމަށެވެ. ނަމަވެސް ގިނަ ބައަކަށް ދަތިވާތީ ހުއްދަ ދީފައިވާނީ އެ ސަރަހައްދުގައި މީހުން އުޅުން ވީހައި ބޮޑަށް މަދުކުރެވޭނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ.
"އެ ސަރަހައްދަކީ ކުރިންވެސް އެންމެ ބޮޑަށް ބަލި ފެތުރިގެން ދިއަ ސަރަހައްދު. ވީމާ ވަރަށް ބޮޑަށް ބަަލން އެބަޖެހޭ. އެޗްޕީއޭއިން އިރުޝާދު ދެއްވި ގޮތަށް ޤަވާއިދު ހަދައި އަމަލުކުރަނީ."
އޮންލައިންކޮށް މަސްގަންނަން ޖެހުމުން މަހުގެ އަގު ވަރަށް ބޮޑަށް އުފުލި ގިނަ ބައަކަށް މަސްނުގަނެވޭ ހާލަތަށް ގޮސްފައިވާ ކަމުގެ ކަންބޮޑުވުން ގިނަބައަކު ދަނީ ފައުޅުކުރަމުންނެވެ. "7 ކިލޯ ހޔުންނަ ކަމަށް ބުނާ މަހެއް ކަނޑައިގެން އަތަށްލިބޭއިރު ލިބޭ މަސްކޮޅުގެ ބަރުދަން ވަރަށް ބޮޑުތަން ތަފާތުވޭ. އުކައިލެވުނީ ކިހައިވަރެއްކަމެއް ނޭނގެ. މަސްކޮޅު އަމިއްލައަށް ގަނެލެވޭނަމަ ވަރަށް ބޮޑަށް މިކަން ޙައްލުކުރެވޭނެ ކަމަށް ފެންނަ" ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
ހަވީރު 4 ޖަހާއިރު މަސްމާރުކޭޓް ބަންދުވާނެ! 4 ގެ ފަހުން ދޯނި ފަހަރަކުންވެސް މަހެއް ނުގަނެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ