ބައްޕައާ ބައްދަލުކުރަން ދެކޮޅު ހެދި ތިން ކުޑަކުދިން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި

އެމެރިކާގައި، ތިން ކުޑަކުދިން އެކުދިންގެ ބައްޕައާ ބައްދަލުކުރަން ދެކޮޅު ހެދުމުގެ ސަބަބުން، އެކުދިން ބަންދުގައި ބޭތިއްބުމަށް ކޯޓަކުން ހުކުމް ކޮށްފިއެވެ.
މިދިޔަ ޖޫން މަހުގެ ފަހުކޮޅު، މިޗިގަންގައި ނުވަ އަހަރާއި، 10 އަހަރާއި އަދި 14 އަހަރުގެ ތިން ކުޑަަކުދިން ބަންދު ކުރުމަށް ކޯޓުން ހުކުމް ކުރީ، އެކުދިން ކުދިންގެ ބައްޕައާ ބައްދަލުކުރަން ދެކޮޅު ހެދުމުންނެވެ.
މި ކުދިންގެ މައިންބަފައިން، 2008 ވަނަ އަހަރު ވަކިވުމަށްފަހު، އެކުދިން ދިރިއުޅެމުން އައީ އެކުދިންގެ މަންމަ ގާތުގައެވެ.
މި ތިން ކުދިންގެ ތެރެއިން އެންމެ ބޮޑު ކުއްޖާ ކޯޓުގައި ބުނެފައިވަނީ، ބައްޕަ ދެކެން ބޭނުން ނުވަނީ ބައްޕަ މަންމަ ގައިގައި ތަޅާތީ، އެކަމާ ހެދި ބައްޕައަށް ނަފްރަތު ކުރާތީ ކަމަށެވެ.
އެހެން ނަމަވެސް، ކޯޓުން ބުނެފައިވަނީ، އެ ތިން ކުދިންގެ "ސިކުނޑިތަކަށް ނުވިސްނޭ" ކަމަށާއި، އެކުދިންގެ "އެހާ ރަނގަޅު ބައްޕައެއް" ހުންނަ އިރު، ބައްޕައާ ބައްދަލުކުރަން ދެކޮޅުހަދަން ޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށެވެ. މިއާއި އެކު، ކޯޓުން ވަނީ އެ ތިން ކުދިން ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.
މިކަމާ ގުޅިގެން، އިޖްތިމާޢީ ކަންތައްތަކާ ބެހޭ މާހިރުން ދަނީ ވަރަށް ބޮޑަށް ކޯޓަށް ފާޑު ކިޔަމުންނެވެ.
އެގޮތުން، ބައްޕަގެ ފަރާތުން ނުރައްކަލެއް އޮވެދާނެ ކަމަށް ހީކޮށް ކުޑަ ކުދިންތަކެއް އެކުދިންގެ ބައްޕައާ ބައްދަލުކުރުމަށް ދެކޮޅު ހެދުމުން އެކަން ކޯޓަށް ވީ "ގޯސް ކަމަކަށް" ކަމަށް ބުނެ، ވަނީ ފާޑު ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ