މޫސުން ގޯސްވުމުން އެމެރިކާގެ ބައެއް ހިސާބުތަކުގައި ކުއްލި ހާލަތު އިއުލާންކޮށްފި

އެމެރިކާގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ސްނޯ ފައިބަމުންދާތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ އޮކްލޮހޯމާ ގައެވެ. އޮކްލޮހޯމާގެ ހުރިހާ އަވަށެއްގައި ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.
އޮކްލޮހޯމާގެ އިތުރުން ޓެކްސަސްގެ ބޮޑު ސަރަހައްދަކަށް ދަނީ ބޯކޮށް ވާރޭ ވެހި ސްނޯ ފައިބަމުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް އޮކްލޮހޯމާގެ ގަވަރުނަރ މޭރީ ފެލިންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ މީހުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އަދިވެސް ކަރަންޓްގެ ޚިދުމަތް ނުލިބި ލައްކައެއްހާ މީހުން އެބަތިބި ކަމަށެވެ.
ޓެކްސަސް އަށް ބޯކޮށް ވާރެ ވެހެމުން ދާއިރު މިހަފްތާ ބަންދުގައި ޓެކްސަސް އަށް ވަނީ ރެކޯޑް މިންވަރަކަށް ވާރޭ ވެހިފައެވެ. ހަފްތާ ބަންދުގައި ޓެކްސަސްއަށް 56 އިންޗިއަށް ވާރެ ވެހިފައި ވާއިރު މީގެ ކުރިން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ 1991 ވަނަ އަހަރުއެވެ. އެއަހަރު ވާރޭ ވެހިފައި ވަނީ 53.54 އިންޗި އަށެވެ.
ވިއްސާރައިގެ ސަބަބުން ޓެކްސަސް އިން 8 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ހަމީހުން މަރުވެފައި ވަނީ ކަންސަސްގައި ހިނގި ތަފާތު މަގުމަތީ އެކްސިޑެންޓް ތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ