މަކަރާއި ހީލަތުގެ ކުށް ސާބިތުވެ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްގެ މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
ނާޒިމްގެ ދެވަނަ އޮޕަރޭޝަނެއް ކޮށްފައިވަނީ އިއްޔެ ސިންގަޕޫރުގައެވެ. މީގެ ކުރިން ކަނާތު ބޮޑުވާ އިނގިލީގެ ހުޅުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.
މައިބަދައިގެ އޮޕަރޭޝަނާ ގުޅިގެން ނާޒިމް ހަފްތާއެއްހާ ދުވަހު އެޑްމިޓްކޮށްފައި ބާއްވަން ޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ނާޒިމްގެ އާއިލާއިން ބުންޏެވެ. އާއިލާއިން ބުނި ގޮތުގައި ސިންގަޕޫރުން އެ އޮޕަރޭޝަން ކުރީ ޑޮކްޓަރުން ލަފާ ދެއްވި ގޮތަށް، އެ އޮޕަރޭޝަން ކުރަން ނާޒިމް ބެންކޮކަށް ދިއުމުގެ ހުއްދަ ކަރެކްޝަނަލް ސާރވިސް އިން ނުދިނުމުންނެވެ.
އާއިލާއިން ބުނީ ނާޒިމް މީގެ ކުރިންވެސް މަައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވާތީ ބެންކޮކަށް ފޮނުވައިދޭން ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ.
ބޭސްފަރުވާއަށް ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި ނާޒިމްގެ ބޭސްފަރުވާއަށް ކަރެކްޝަނަލް އިން ދިން މުއްދަތު އެފަރާތުން ވަނީ އިތުރުކޮށްފައެވެ. ނާޒިމްއަށް ދީފައިވާ މުއްދަތު ދެން ހަމަވާނީ މާޗް މަހުގެ 31 ވަނަ ދުވަހަށެވެ،
ނާޒިމް އުމުރަށް ޖަލަށްލާން ސްޕްރީމްކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ.
ކުރީގެ މެމްބަރު ނާޒިމްގެ މައިބަދައިގެ އޮޕަރޭޝަނެއްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ