ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީ ކޮށްފިއެވެ. މިއީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ހިންގި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތްހަރުގަނޑު ހިމަނައި، ސެން ކްލާސް ދަރިވަރުންނަށް ޚާއްޞަ ރީޑިން ކޯނާއެއް ގާއިމްކުރުމުގެ އިތުރުން ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވަނީ ހޯދައިދީފައެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ހަނިމާދޫ ސްކޫލުގައި ތަރައްޤީ ކޮށްފައިވާ ލައިބްރަރީ -- ފޮޓޯ/ ބީއެމްއެލް ހަނިމާދޫ ސްކޫލަށް އާންމުން ހަދިޔާ ކުރި ފޮތާއެކު ޖުމްލަ 700 އަށް ވުރެ ގިނަ ފޮތް އެ ސްކޫލްގެ ލައިބްރަރީއަށް މިހާރު ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގަނެފައިވާ ފޮތްތަކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ޙުސައިން ވަހީދު ވިދާޅުވީ، ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްގީކުރަން ބޭނުންވީ ސްކޫލު ލައިބްރަރީ ބޭނުންކުރާ ދަރިވަރުން އިތުރުވަމުން ދިޔުމާއެކު، އެ ކުދިންނަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ. "އާ ފޮތްތަކާއި އިތުރު ގޮނޑި މޭޒުގެ އިތުރުން ސެން ކްލާސް ކުދިންނަށް ހާއްސަ ކޯނާއެއް ހިމަނައި ލައިބްރަރީއަށް މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމްވެފައި. މި ފުރުސަތުގައި ޖަމިއްޔާގެ މެންބަރުންނަށާއި އަދި އެހެނިހެން ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ވަހީދު ވިދާޅުވިއެވެ. ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގާ، މުޖުތަމައަށް ފައިދާކުރާނެ ފަދަ ޕްރޮޖެކްޓުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފު ކޮށްފައިވާ ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ