ހޫނު މޫސުމާއި ދިމާކޮށް ކަރަންޓް ޚަރަދު ކުޑަކުރުމުގެ ކެމްޕޭނެއް ފަށައިފި

ހޫނު މޫސުމާއި ދިމާކޮށް ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވެ، ބިލް ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ސްޓެލްްކޯއިން ފަށައިފިއެވެ.
"އެނާޖީ ސޭވިންގ" ނަމުގައި ފެށި މި ކެމްޕެއިން މިއަދު އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ.
މުޣުނީ ވިދާޅުވީ މި ކެމްޕެއިން ފެށުމުގެ މަގްސަދަކީ ހޫނު މޫސުމާއި ދިމާކޮށް ކަރަންޓް ބިލް ބޮޑުވެގެންދާ ސަބަބަކީ ކޮބައިކަން ކަސްޓަމަރުންނަށް އަންގައިދިނުމަށާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރެވިދާނެ ގޮތްތަކާއި މެދު އާންމުން ހޭލުންތެރި ކުރުވުންކަމަށެވެ.
އެބޭފުޅާ ވިދާޅުވީ ސްޓެލްކޯއިން ދުވަހަކުވެސް ރައްޔިތުން އަތުން އިތުރަކަށް ޗާޖް ނުކުރާނެކަމަށާއި، ޗާޖު ކުރަނީ އެމީހަކު ކަރަންޓު ބޭނުން ކުރާ ވަރަކަށްކަމަށެވެ.
"މީގައި މުހިންމީ ބޭނުންވާ ވަރަށްވުރެ އިތުރަށް ކަރަންޓު ބޭނުން ނުކުރަން ސަމާލުކަން ދިނުން"، މުޣުނީ ވިދާޅުވިއެވެ.
މި ކެމްޕެއިންގެ ދަށުން ސްކޫލްތަކާއި، މީޑިޔާ އަދި ޒުވާނުންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ