ލ. މުންޑޫ އަށް ކަރަންޓުގެ ހިދުމަތް ކެނޑިފައިވާތާ ދެ ދުވަސްވެއްޖެ ކަމަށް އެރަށު ކައުންސިލް އިދާރާއިން ބުނެފި އެވެ.
މުންޑޫ ކައުންސިލްގެ ނައިބު ރައީސާ ހައްވާ ހުޒައިމާ ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ކަރަންޓު ކެނޑިފައި ހުންނަތަ މިހާރު ދެ ދުވަސް ވެފައިވާ ކަމަށާއި މީގެ ސަބަބުން ރައްޔިތުންނަށް އެތަށް ގެއްލުމެއް ލިބެމުންދާ ކަމަށެވެ.
މި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ކައުންސިލުން ރިޕޯޓް ކޮށްފައިވާ ކަމަށާ ނަމަވެސް އަދި މިހާތަނަށް ސަރުކާރާއި ލ. އަތޮޅު ކައުންސިލް އިދާރާއިން އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށް ހުޒައިމާ ވިދާޅުވި އެވެ.
ހުޒައިމާ އިތުރަށް ވިދާޅުވީ މުންޑޫގެ ކަރަންޓުގެ މަސައްކަތް ފެނަކަ ކޯޕޮރޭޝަނާއި ހަވާލުކުރުމަށް މީގެ އެއް އަަހަރު ކުރިން މަސައްކަތް ފަށާފައިވާނޭ ކަމަށާއި ނަމަވެސް އެ މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަަށެވެ.
ސުނާމީއާ ގުޅިގެން މުންޑޫގެ ގިނަ ބަޔަކު މިހާރު ވަނީ އެ އަތޮޅު ގަމަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެހެންކަމުން މުންޑޫގައި މިވަގުތު ދިރިއުޅޭ މީހުންގެ އަދަދު 100 އަށް ވެސް ނާރަ އެވެ.
މުންޑޫ އިން ކަރަންޓް ކެނޑިފައިވާތާ ދެ ދުވަސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ