ނަޝީދު ވެސް އުޅެ ބޮޑުވީ މި ފަސްގަނޑުގައި ކަމަށާއި، މިތަނުގައި ބޭއިންސާފުން ކަންކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ކެލާ ދާއިރާއާއި ދިއްދޫ ދާއިރާގެ މާލޭ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ މާފަންނު މުރަނގަ މަގުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މި ފަސްގަނޑުގައި ތިބިހާ ހިނދަކު ސުޕްރީމް ކޯޓުން ބޭއިންސާފުން ރައްޔިތުންނަށް ކަންތައް ނުކުރެވޭނެ ކަމަށެވެ.
"އުއްތަމަ ފަނޑިޔާރު ފާއިޒް، އެނގިވަޑައިގަންނަވާތި، އަޅުގަނޑުމެންނަކީވެސްހަމަ މިރަށު ބޮޑުވި ކުދީންކަން. އަޅުގަނޑުމެން މިރަށު ފަސްގަނޑުގައި ތިބިހާ ހިނދަކު ތިޔަބޭފުޅުންނަށް ރައްޔިތުންނަށް އަބަދަކު ބޭއިންސާފު ރައްދުކުރަމަކުންނެއް ނުދެވޭނެ. އިރާދަކުރެއްވިއްޔާ ރާވެރިންގެ ދަރިންނަށްވެސް އަންނާނެ އެތިފަހަރެއް، ތިން އެތިފަހަރުން އެކަތި އެއީ އަޅުގަނޑުމެންގެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބު "ގެންދިޔައީ" ކަމަށާއި،އެހެެން ނަމަވެސް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު އެފަރާތުން އަތުން ދޫވީ ކަމަށެވެ. އަދި، މަޖިލީސް އިންތިޚާބާއި ބެހެވަޑައިގެންފި ނަމަ، ރައްޔިތުން އެއްވާންޖެހޭ ތަނަކަށް އެއްވާނެ ކަމަށާއި އެފަދަ ކަމެއް ސުޕްރީމް ކޯޓުން ކޮށްގެން ނުވާނެ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ އެ ޢަމަލު ވާނީ ރާއްޖޭގެ ތަރައްޤީއަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށާއި، އެކަމަށްޓަކައި ރައްޔިތުން އެ ކޯޓަށް ދުވަހަކުވެސް މާފު ނުކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ، ކައުންސިލްތައް ބާރުވެރިކުރުމުގެ މުހިންމުކަމާއި ބެހޭ ގޮތުން ތަކުރާރުކޮށް ވާހަކަފުޅު ދައްކަވާފައެވެ. ގެސްޓް ހައުސް ވިޔަފާރި ތަރައްގީކޮށްގެން ރަށްރަށަށް އާމްދަނީ އިތުރުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ
ނަޝީދު ވެސް އުޅެބޮޑުވީ މި ފަސްގަނޑުގައި ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް ވަރުގަދަ އިންޒާރެއް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ