އަބްދުﷲ ގާޒީ ޗުއްޓީ ނަންގަވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ޗުއްޓީ ނަންގަވައިފި އެވެ.
އަބްދުﷲ ގާޒީ މިއަދުން ފެށިގެން ޗުއްޓީ ނަގާފައިވާ ކަން ކްރިމިނަލް ކޯޓުން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް ޗުއްޓީ ނެގީ ކިހާ ދުވަހަކަށް ކަމެއް ކޯޓުން ބުނެފައެއް ނުވެ އެވެ.
އަބްދުﷲ ގާޒީ ޗުއްޓީ ނެންގެވުމާ ގުޅިގެން ކްރިމިނަލް ކޯޓް ހިންގުން ވަނީ ވަގުތީ ގޮތުން އަބްދުﷲ ދީދީއާ ހަވާލުކުރައްވާފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ޗުއްޓީ ނެންގެވީ އެމަނިކުފާނު ހައްޔަރުކުރި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދާ އިތުރު ބައެއްގެ މައްޗަސް ދައުވާ އުފުލާފައިވާ ވަގުތެއްގަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދާ އިތުރު ބައެއްގެ މައްޗަށް ކުރިން ދައުވާ އުފުލީ ހުޅުމާލެ ކޯޓުގަ އެވެ. އެގޮތަށް އޭރު އަމަލުކުރީ ކްރިމިނަލް ކޯޓުގައި އަބްދުﷲ ގާޒީ ހުންނަވަނިކޮށް އެކޯޓުގައި ދައުވާ ކުރުމަކީ މަސްލަހަތު ފުށުން އެރުން ހުރި ކަމެއް ކަަމަށް ބަލައިގެންނެވެ. ނަމަވެސް އަލުން އެމައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލި ސަބަބެއް އަދި ސާފުވެފައެެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ