2014 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުގެ ހުރިހައި ގޮތަކުން އެންމެ މޮޅު، 'ބެސްޓް އޯލް ރައުންޑް" ދަރިވަރުގެ މަޤާމް އަހުމަދު މާޔިޒް މާހިދް ޝަރީފް ހޯދައިފިއެވެ.
ހުރިހައި ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އަހުމަދު މާޔިޒް މާހިދް ޝަރީފް ހާޞިލުކޮށްފައިވާއިރު އަހުމަދު މާޔިޒް މާހިދް ޝަރީފް ވަނީ 2014 ވަނަ އަަހަރުގެ އޯލެވެލް އިމްތިހާނުން ނެޝެނަލް ޓޮޕްޓެންގެ 4 ވަނަ މަޤާމު ހާޞިލުކޮށް ޤައުމީ އިނާމު ހޯދައިފައެވެ. އަދި ޖަމާލުއްދީން ސްކޫލުގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައިވެސް އަހުމަދު މާޔިޒް މާހިދް ޝަރީފް ވަނީ ހިމެނިފައެވެ.
ޖަމާލުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހާސިލުކުރުމުން އަހުމަދު މާޔިޒް މާހިދް ޝަރީފް އަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި، އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ ޚާއްސަ އިނާމު ހަވާލުކޮށްދެއްވީ އެ ސްކޫލުގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވިި ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުއެވެ.
ދަރުބާރުގޭގައި ބޭއްވި މިރަސްމިއްރަސްމިއްޔާތުގައި ހުސައިން ވަހީދު ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނާއި މުޚާޠަބް ކުރައްވައި ހުސައިން ވަޙީދު ވަނީ ކޮންމެ ދަރިވަރަކީވެސް އަޚްލާޤީ ރިވިވެތިސިފަތައް ލިބިގަނެގެން ހުރި ދަރިވަރަކަށް ވުމަށް މަސައްކަތްކުރުމަށް ގޮވައިލައްވާފައެވެ.
ބަވަނަވެފައިވާ ދުނިޔެއިން ފެންނަހައި މަންޒަރުތަކަށް ނުހެއްލުމަށާއި ދިވެހިންގެ މެދުގައި ޒަމާނުންސުރެ އޮތް އެކުވެރިކަމާއި އެއްބައެއް ވަންތަކަން ދޫކޮށް ނުލައި އަޚްވަންތަކަން މަތީގައި ކުރިއަށް ދިއުމަށް ޙުސައިން ވަހީދު ވަނީ ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.
2014 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަހުމަދު މާޔިޒް މާހިދް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ