ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ނިންމާފައިވާ ތިން ވަނަ އިންޓަ ސްކޫލް 3 އޮން 3 ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ބުނީ، އަންނަ މަހުގެ އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެމުބާރާތުގައި ބައިވެރިވާން އެދޭ ސުކޫލް ތަކަށް އެފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށާއި އެގޮތުން މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ އުމުރު ފުރައަކަށް ބަހާލައިގެން ކަމަށެވެ. އެ ދެއުމުރު ފުރައަކީ 14 އަހަރުން ދަށުގެ އަންހެން ފިރިހެން އަދި 16 އަހަރުން ދަށުގެ އަންހެން ފިރިހެން އުމުރު ފުރާ ތަކަށެވެ.
އިންޓަ ސްކޫލް 3 އޮން 3 ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން މިމަހުގެ 27 ވާ އަންގާރަ ދުވަހުގެ 3:00 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އިނގޭ ގޮތައް ލިއުމަކުން އަންގަން ޖެހޭ ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ނެރުނު އިއުލާނެއް ގައި ބުނެފައި ވެއެވެ.
މީގެއިތުރުން އެއިއުލާން ގައި ބުނެފައި ވަނީ، މުބާރާތުގައި ބައިވެރިވާ ސްކޫލް ތަކުން މިމަހުގެ 29 ވާ ހޯމަ ދުވަހުގެ 3:00 ގެ ކުރިން ބައިވެރިވާ ސްކޫލް ތަކުގެ ޓީމް ލިސްޓުތައް ހުށަހަޅަން ޖެހޭނެ ކަމަށާއި މުބާރާތާ ބެހޭ ހުރިހާ މައުލޫމާތެއް ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ވެބްސައިޓުން އަދި އެއެސޯސިއޭޝަންގެ އެފްބީ ޕޭޖުން ލިބެން ހުންނާނެ ކަމަށެވެ.
ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ވެބްސައިޓްގެ އެޑްރެހަކީ http://www.mba.org.mv/ އެވެ. އަދި ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އެފްބީ ޕޭޖްގެ އެޑްރެހަކީ Maldives Basketball Association - MBA އެވެ.
އިންޓަ ސްކޫލް 3 އޮން 3 ބާސްކެޓް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ