ސަރުކާރު ބަދަލުކޮށް ޖަވާބުދާރީކުރުވަން އެކުގައި މަސައްކަތް ކުރުމަށް ވާދަވެރިންނަށް ގޮވާލަން: ނަޝީދު

ސަރުކާރު ބަދަލުކޮށް ޖަވާބުދާރީކުރުވަން ހުރިހާ ވާދަވެރިން އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރުމުގެ އުފަލުގައި ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތުގައި ނަޝީދު ވިދާޅުވީ ގައުމެއްގެ ހަޔާތުގައި ދަނޑިވަޅުތަކެއް އަންނާނެ ކަމަށާއި، އެއީ އެ ގައުމު އެއް ހާލަތުން އަނެއް ހާލަތައް ބަދަލުކުރާނެ ދަނޑިވަޅުތަކެއް ކަމަށެވެ. މިހާރު މިއީ އޭގެ ހާލަތެއް ކަމަށާއި މިރާއްޖެ ދޫކޮށްލެވެން ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ތަނަވަސްކަމާއި މިނިވަންކަމަށް އަބަދުވެސް ތެދުވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އަބަދުވެސް އެމްޑީޕީ ނުރައްކަލުގެ ތެރެއަށް ހުށަހެޅޭނަން ކަމަށެވެ. އެކަމަކު، އެމްޑީޕީއެއް ފަހަތައް ނުޖެހޭނެ ކަމަށް ވިދާޅުވެ، ނިމިދިޔަ އިންތިހާބުގައި އެމްޑީޕީއަށް ތާއިދުކުރި މުވައްޒަފުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރިއިރު، އެމީހުންގެ ވަޒީފާ އިޔާދަކޮށްދިނުމަށް ނަޝީދު އެދިވަޑައިގަތެވެ. ނަޝީދު ވިދާޅުވީ މާދަމާ އެކަން ރަނގަޅު ނުކޮށްފިނަމަ މަގުތަކަށް ނިކުންނަވާނެ ކަމަށެވެ.
”އެހެން ނުހަދައިފި ނަމަ މާދަމާ ސަރުކާރުގެ އޮފީސްތައް އޮކިއުޕައި ކުރާނަން. އަޅުގަނޑުމެން ސީދާ ހަރަކާތައް ދާނަން. ސަރުކާރުން އެއްވެސް މީހަކާއި މެދު ބޭއިންސާފުން ކަންކަން ކުރާނެ ކަމެއް ނެތް. އަބަދުވެސް މިތިބީ ހަރަކާތްތަކަށް ނުކުންނަން“
ނަޝީދު ވަނީ އެމަނިކުފާނަށް ތައީދު ކުރެއްވި ބޭފުޅުންނާއި އަދި ހާއްސަކޮށް ފައްޔާޒު އިސްމާއީލަށްށް ޝުކުރު އަދާކުރައްވާަފައެވެ. އެމްނިކުފާނު ވިދާޅުވީ އަލުން އެމްޑީޕީ ވަނީ އާއްމު މެމްބަރުންގެ ޕާޓީއަކަށް ވެފައި ކަމަށާއި މިއީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށެވެ. އެމަނިކުފާނު ވަނީ މީކާއިލްއަށްވެސް މަރުހަބާ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ