ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފަލަސްތީނާ އެކު އެކުވެރިކަމާ އެކު ދެމި ތިބޭނެ ގޮތްތައް ދަސް ކުރުމަށް ޢަރަބި ޤައުމުތަކަށް ފަލަސްތީނުން ގޮވާލައިފި އެވެ.
ފަލަސްތީނުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ އޮފިޝަލް ފޭސްބުކް ޕޭޖް "ދަ ޕަލެސްޓައިން ނޭޝަނަލް ފުޓްބޯލް ޓީމް" ގައި މިއަދު ޖަހާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، އެޤައުމުގެ ފުޓުބޯޅަ ޓީމުން ދެކެން ބޭނުންވާ ހަޤީޤަތަކީ ރަނގަޅު ފެންވަރުގައި ފަރިތަކުރުންތައް ބޭއްވޭނެ ދުވަހެއް ކަމަށެވެ. އަދި މި ހަޤީޤަތް ފެންނަން ބޭނުންވަނީ ފޮޓޯތަކަކުން ނޫންކަމަށް އެ ލިޔުމުގައި ވެ އެވެ.
މީގެ އިތުރުން، އެ ލިޔުމުގައި ބުނެފައި ވަނީ، ޢަރަބި ޤައުމުތަކުން އަބަދުވެސް މައްސަލަ ފެންނަނީ ފަލަސްތީނުގެ ފަރާތުން ކަމަށެވެ.
"ތިޔަ ޤައުމުތަކުން ވަނީ އަހަރެމެންނާ އެކު ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމަށް ވެސް ދެކޮޅު ހަދާފައި. ތިޔަ ޤައުމުތަކަށް މައްސަލަ ފެންނަނީ އަބަދު ފަލަސްތީނުގެ ފަރާތުން. ކިރްގިސްތާނާއި އަފްގާނިސްތާން ފަދަ ޤައުމުތަކާ އެކު ކުޅޭ އިރު ވެސް އަހަރެމެން ގޯސް ވަނީ." އެ ޕޭޖުގައި، ފަލަސްތީނުގެ ޤައުމީ ފުޓުބޯޅާ ޓީމުގެ ފަރާތުން ބުނެފައި ވެ އެވެ.
"އަހަރެމެންގެ ފަރާތުން އަރަބީންނަށް ބުނެލަން އޮތީ، އަހަރެމެންނާ އެކު ދެމި ތިބޭށޭ. ދިވެހި ރާއްޖެއިން ދެއްކި ނަމޫނާ މިސާލުން ތިޔަ ޤައުމުތަކުން ވެސް ދަސްކުރާށޭ." އެ ޕޭޖުގައި ބުނެފައި ވެ އެވެ.
ފަލަސްތީނަކީ، މެދުއިރުމަތީގައި އޮތް އެންމެ މައްސަލަ ބޮޑު ޤައުމެވެ. ފަލަސްތީނުގެ ކައިރީގައި އޮންނަ އިސްރާއީލުގެ ޔަހޫދީން ދަނީ ފަލަސްތީނުގެ އަމިއްލަ ބިމުގައި އެމީހުން މަރަމުންނެވެ.
ނަމަވެސް، އޭއެފްސީ ޗެލެންކް ކަޕްގައި ރާއްޖެއިން ފަަލަސްތީނާ މެދު ދައްކާފައި ވަނީ އަޚުވަންތަ ކަމުގެ މިސާލެއް ކަމުގައި ފަލަސްތީނުން ސިފަ ކޮށްފައި ވެ އެވެ. އަދި ރޭގެ މެޗު ފެށުމުގެ ކުރިން، އެ މެޗު ފަލަސްތީނުން ރާއްޖެއަށްޓަކައި ކާމިޔާބު ކޮށްދޭނެ ކަމަށް ފަލަސްތީނުގެ ޤައުމީ ފުޓުބޯޅާ ޓީމުގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި އިޢުލާން ކޮށްފައި ވެސް ވެ އެވެ.
“ރާއްޖޭގައި އުޅެނީ އަހަރުމެންގެ އަޚުންނާއި އުޚުތުންނަށް ވީތީ، ރާއްޖެއަށް ޓަކައި މި މެޗު ކުޅެގެން މޮޅުވާނަން.” އެ ޕޯސްޓްގައި ބުނެފައި ވެ އެވެ.
“ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެއިން ވަނީ އަހަރުމެންނާ މެދު ވަރަށް ހެޔޮކޮށް ހިތާފައި. އަަހަރުމެން އެދެނީ ރާއްޖެއަށް ބާއްޖަވެރި މުސްތަޤްބަލަކަށް.” އެ ޕޯސްތުގައި ބުނެފައި ވެ އެވެ.
ރާއްޖެއިން ފަލަސްތީނާ މެދު ބެހެއްޓި ގާތް ކަމަށްޓަކައި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ރޭ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ސީދާ ފޯނުން ގުޅުއްވައި، ޝުކުރު އަދާ ކުރައްވާފަ އެވެ.
ރާއްޖޭގެ ރައްޔިތުން ރޭ ދެއްކި މިސާލުން ފިލާވަޅު ދަސްކުރައްވާ - ފަލަސްތީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ