ހަނިމާދޫ ސްކޫލް ގޯތިތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ވެލިއެޅުމުގެ މަސައްކަތް ފަށައިފި

ހަނިމާދޫ ސްކޫލް ގޯތިތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ގޯތި ތެރެއަށް ވެލިއެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މީގެ ދެދުވަސް ކުރިން ފަށާފައިވާ މި މަސައްކަތް ކުރަމުން ދަނީ އެމްޓީޓީސީގެ އެހީތެރިކަމާއިއެކު، ހަނިމާދޫ ކައުންސިލުންނެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބުދުއްސަލާމް ޢަލީ "ތިލަދުން" އަށް ވިދާޅުވީ ހަނިމާދޫ ސްކޫލްގެ ގޯތި ތެރޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް، އެ މަސައްކަތަށް ބޭނުންވާނެ ވެލި ރަށުގެ ބަނދަރު އިތުރަށް ތަރައްޤީ ކުރުމަށް ކޮންނަ ސަރަޙައްދުން ހަމަޖައްސަވައިދެއްވާނެ ކަމުގެ ފެހި ސިގްނަލް އެމްޓީސީސީއިން ދެއްވުމާއި އެކު އެމަސައްކަތް ކުރަށްވަމުން އަންނަކަމަށެވެ.
ސަލާމް ވިދާޅުވިއެވެ.
ސަލާމް ވިދާޅުވީ ހަނިމާދޫ ސްކޫލްގެ ގޯތިތެރޭގައި ފެންހެދޭ ސަރަޙައްދުގެ ހަތަރުބައިކުޅަ އެއްބަޔަށް ތަންކޮޅެއް ކުރިން ކައުންސިލުން އައިލެންޑް އެކްސްޕާޓްގެ އެހީތެރިކަމާއިއެކު ވެލިއަޅާފައި ވާކަމަށެވެ. ބާކީ ތިން ބައިގެ ތެރެއިން އިތުރުބަޔަކަށް މިހާރު ވެލިއެޅިފައިވާ ކަމަށާއި، ބާކީ ދެބައިގެ މަސައްކަތްވެސް މިފަހަރު ނިންމާލެވޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް ސަލާމް ވިދާޅުވިއެވެ.
" މި ދެދުވަހުން 135 ޓަނުގެ ވެލި ވަނީ އެޅިފައި، މިހާރު ސްކޫލް ގޯތިތެރެއިން ބޭނުންކުރާ ސަރަޙައްދުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ލަފާކުރެވޭ ގޮތުން އަދި 850 ޓަނު ވެލި އަޅަންޖެހޭނެ." ސަލާމް ވިދާޅުވިއެވެ.
މިމައްސަލައަށް ހައްލު ނުލިބި ދުވަސްތަކެއް ވޭތުވެފައިވާއިރު، ހަނިމާދޫ ސްކޫލަކީ މިހާރު ވެސް 470 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން އަންނަ ސްކޫލެކެވެ. މިއީ ހދ. އަތޮޅުގެ ނިސްބަތުން ވެސް ދަރިވަރުން ގިނަ ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ