މީގެ އަށް ދުވަސް ކުރިން ކަނޑު އަޑީގެ ހޮހޮޅައެއްގައި ތާށިވެގެން މަރުވި އިޓަލީގެ ޑައިވަރުންގެ ތެރެއިން އެ ގައުމަށް ފޮނުވާނުލާ އޮތް ހަތަރު ހަށިގަނޑު މިރޭ އެ ގައުމަށް ފޮނުވަން ތައްޔާރުވެއްޖެ އެވެ.
ވާވު އަތޮޅު ދެވަނަ ކަނޑު އަޑީގެ ހޮހޮޅައެއްގައި ތާށިވެގެން އިޓަލީގެ ފަސް މީހަކު މަރުވި އެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު މީގެ ކުރިން މިލާނަށް ވަނީ ފޮނުވާލައިފަ އެވެ. އޭނާ ކަނޑުން ނެގީ ހާދިސާ ހިނގި ދުވަހެވެ.
ފަހުން ނެގި ހަތަރު މީހުންގެ އިޓަލީއަށް ފޮނުވާލަނީ މިރޭގެ ޓާކިޝް އެއާލައިނުން އިސްތަންބޫލު މަގުންނެވެ. އެމީހުންގެ ހަށިގަނޑު މިލާނަށް ގެންދެވޭނީ މާދަމާގެ ވަގުތެއްގަ އެވެ. އެ މަސައްކަތް ކުރަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އިންކް ޕްރައިވެޓް ލިމިޓެޑުންނެވެ.
އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފަ އެވެ. އޭނާ ނިޔާވި ދުވަހު ވަނީ ވަޅުލައިފަ އެވެ.
ޑައިވަރުންގެ ހަށިގަނޑުތައް ހޮހޮޅައިގެ ތެރެއިން ހޯދައި މައްޗަށް ގެނެސްފައި ވަނީ ޑޭން ނެޓްވޯކުގެ ތިން ޑައިވަރެކެވެ. އެމީހުން ރާއްޖެ ގެނައި އިޓަލީ ސަރުކާރުންނެވެ.
ޑޭން ނެޓްވޯޓުން އިއްޔެ ވަނީ އެމީހުންގެ ފަހު ޑައިވްކޮށްފަ އެވެ. އެ ޑައިވްގައި އެމީހުން ވަނީ ހޮހޮޅަ ތެރެއިން ފެނުނު ބައެއް ތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ. އެއީ ކޮން އެއްޗެއްސެއް ކަމެއް އަދި ނޭނގެ އެވެ.
ޑައިވަރުން މަރުވި ހާދިސާ އިޓަލީ އަދި ދިވެހި ސަރުކާރުން ގެންދަނީ ބަލަމުންނެވެ. އަދި ހާއްސަކޮށް މަހުދީ ނިޔާވި ހާދިސާ ދިވެހި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ހޮހޮޅައިން ފަހުން ނެގި ހަތަރު މީހުންގެ ހަށިގަނޑު މިރޭ ފޮނުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ