ޑިމޮކްރަސީ ވީކާ ގުޅިގެން ސްކޫލް ކުދިންނަށް މައުލޫމާތުދޭން ފަށައިފި

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފާހަގަކުރަމުން އަންނަ ޑިމޮކްރަސީ ވީކާ ގުޅިގެން މާލޭގެ ސެކަންޑަރީ ސްކޫލްތަކުގެ ކުދިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފަށައިފި އެވެ. "ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށްގެންދާ އެ ސެޝަންތައް މިއަދު ކުރިއަށްދަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކުރިއަށްދާނެ އެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕްރޮގްރާމް ކުރިއަށްދާ ދެދުވަހުގެ ތެރޭގައި ޑިމްކޮރަސީއާ ބެހޭގޮތުން މައުލޫމާތު ދިނުމާއި އިންތިހާބަށް ރައްޔިތުން ހޭލުންތެރިކޮށް ކަންތައްތައް ގެންދާނެ ގޮތާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދޭނެ ކަމަށެވެ. އަކްރަމް ވިދާޅުވީ މިއަހަރު ކުރިއަށްގެންދާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އޮތް މުއްދަތުގައި ރަށްރަށުގައި މީހުން ހޭލުންތެރި ކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ހުރިހާ ރަށެއް ހިމެނޭގޮތަށް މައުލޫމާތު ދިނުން ކުރިއަށްދާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ