މޫސުން ގޯސްވެ 12 އަތޮޅަކަށް ވައިޓް އެލާޓް

ރާއްޖެއަށް ކުރާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ 12 އަތޮޅަކަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. މޫސުން ގޯސްވެ މި 11 އަތޮޅަށް އޮރެންޖު އެލާޓް ނެރެފައި ވާއިރު އުތުރުގެ ތިން އަތޮޅަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ.
ވައިޓް އެލާޓް ނެރިފައިވަނީ މިއަދު ހަވީރު 4:30 އަށެވެ. ޔެލޯ އެލާޓް ވެސް ނެރެފައި އެ ވަގުތާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިދުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާއިރު އަދި ބުރިޖާއި ހަައިވޭގެ އެއްގަމު ދަތުރުތަކަށްވެސް ސަމާލުވުމަށް އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ