އިބޫ ހުވާާކުރުން ނޮވެމްބަރު 17ވަނަ ދުވަހުގެ ހަވީރު ބާއްވަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާކުރުމުގެ ރަސްމިއްޔާތު، މި ހިނގާ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތާއި ބެހޭގޮތުން ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު، ގަލޮޅު ބޯޅަދަނޑުގައި ކަމަށެވެ. މި ރަސްމިއްޔާތު ފެއްޓުމަށް ހަމަޖެހިފައިވަނީ ހަވީރު 5 ޖަހާއިރެވެ.
ދައުވަތު އަރުވާާ ފަރާތްތަކަށް ހަމައެކަނި ވަދެވޭ ގޮތަށް ބާއްވާ މި ހަފްލާއަށް ދައުވަތު އެރުވޭ ފަރާތްތަކަށް އެ ދުވަހުގެ ހަވީރު 3 އިން ފަށައިގެން ގަލޮޅު ދަނޑަށް ވަދެވޭނެ ކަމަށް ލަތީފްވަނީ ވިދާޅުވެފައެވެ.
އާންމުންނަށް ނުވަދެވޭނެހެން އެ ހަފްލާ ބޭއްވުމުގެ ސަބަބެއްގެ ގޮތުގައި އެބޭފުުޅުންގެ ސަލާމަތީ ކަންކަންވެސް ހަސަން ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.
"އެބޭފުޅުންގެ ސެކިޔުރިޓީއާއި ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ބެލެެހެއްޓޭނެގޮތަކަށް އެބޭފުޅުންގެ ފަރާތުންވެސް އަދި އެބޭފުޅުން ތަމްސީލް ކުރައްވާ ސަރުކާރުތަކުންނާއި، އަދި އަޅުގަނޑުމެންގެ ވެސް ސެކިޔުރިޓީ އެކިއެކި ބޭފުޅުންގެ ލަފައަކީ ދައުވަތު އެރުވޭ ބޭފުޅުންނަށް ހަމައެކަނި ހުޅުވާލައިގެން ބައިވެރިވެވޭ ގޮތަށް ގަަލޮޅު ދަނޑުގައި ހުވާކުރުމުގެ ރަސްމިއްޔާތު ގެންދިއުން"، ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ އެ ހަފްލާއަށް އާންމުންނަށް ނުވަދެވުނަސް، ހަފްލާ ބެލުމަށް މާލޭގެ ދެ ތަނެއްގައި ބޮޑު ސްކްރީންގެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ނޮވެމްބަރ ވީ ދުވަހުގެ ހަވީރު ފަހެއް ޖަހާއިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ