ގޮނޑިތަކުގެ މައްސަލައިގާ ގާސިމް، ރައީސް ޞާލިޙް އާއި ބައްދަލުކުރައްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކޯލިޝަން ޕާޓީތަކުގެ މެދުގައި ބެހުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު އެ މައްސަލައިގާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކުރައްވައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އެ ބައްދަލުކުރެއްވުމުގައި ދެކެވުނު ވާހަކައެއް އަދި އެއް ބައްދަލުކުރެއްވުން ކުރިއަށްދިޔަ ތަނެއްގެ މައުލޫމާތު ރައީސް އޮފީހުންވެސް، ޖޭޕީންވެސް މީޑިއާތަކާއި އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.
ގޮނޑިތަކުގެ މައްސަލަ ގޯސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެކަން އެމްޑީޕީން އިއުލާނު ކުރި ހިސާބުންނެވެ. އެމްޑީޕީން އެކަން އިއުލާނު ކުރިއިރު ގޮނޑިތަކުގެ މައްސަލައިގާ ކޯލީޝަން ޕާޓީތަކުގެ މަޝްވަރާތައް ދިޔައީ ކުރިއަށެވެ. ނަމަވެސް ކޯލީޝަން މަޝްވަރާތަކުގައި އަދި ގޮނޑި ބަހާނެ ގޮތާއި މެދު ގޮތެއް ނިންމިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ