މާދަމާ ފަށާ މޯލްޑިވްސް ފުޑް ކާނިވަލް 2026 ގެ ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ
ހަރަކާތްތަކާއި އޮފަރތަކާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލް އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ރޭގަނޑު 11:30 އަށެވެ.
ދިރާގުން ބުނީ މި ކާނިވަލުގެ ދިރާގު ސްޓޯލުގައި ދިރާގު ގޭމަރސް ގިލްޑް
(ޑީޖީޖީ)ގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޯރިގަދަ ގޭމިން ހަރަކާތުގައި މުޅިން ހިލޭ ބައިވެރިވެވޭނެ ކަމަށާއި ދިރާގު ސްޓޯލަށް
ޒިޔާރަތްކޮށްގެން، ދިރާގުގެ އެންމެ ފަހުގެ ހިދުމަތްތަކާއި ހާއްސަ އޮފާތަކުގެ މައުލޫމާތު
ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.
ސްޓޯލްތަކަށް ޒިޔާރަތްކޮށްގެން ލިބޭ އިނާމުތަކުގެ ތެރޭގައި ހިލޭ ޑޭޓާ އަދި ދިރާގުޕޭ އިން ދޭ ހާއްސަ ކޭޝްބެކް
ރިވޯޑްސް ހިމެނެ އެވެ. މީގެ އިތުރުން، ސްޓޯލަށް ޒިޔާރަތްކޮށް، ވަކި ހާއްސަ
ހިދުމަތްތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް އިތުރު އަގުހުރި އިނާމުތައް
ހޯދުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. މި ލަކީ ޑްރޯއިން ލިބޭ އިނާމުތަކުގެ
ތެރޭގައި ދިރާގު ހޯމް ސޮލިއުޝަންސް ބަންޑްލްއެއް އަދި ނެސްޕްރެސޯ މެޝިނެއް ވެސް
ހިމެނެ އެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ
މި އިވެންޓުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ އެވެ. މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ
އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގުން ދަނީ މުޖުތަމައުގެ
ގިނަ ބަޔަކަށް ބައިވެރިވެ ގުޅުން ބަދަހިކުރެވޭ ގޮތަށް ކުރިއަށްގެންދާ މި ފަދަ
ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ އިތުރުން، ދިވެހި ވިޔަފާރިތައް
ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ބާއްވާ އެކި ހަރަކާތްތަކަށް އެހީތެރިކަން
ފޯރުކޮށްދެމުންނެވެ.
މޯލްޑިވްސް ފުޑް ކާނިވަލްގެ ދިރާގު ސްޓޯލަށް ޒިޔާރަތްކޮށްގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ