މިއަހަރު ވެސް މައުމޫން ފައުންޑޭޝަންގެ ފަރާތުން ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.
ފައުންޑޭޝަނުން ބުނީ މިއަހަރުގެ ޕްރޮގްރާމްގައި ގުރްއާން ކިޔެވުމާއި ދީނީ ނަޙަސޭހަތް ދިނުން އޮންނާނީ ރޯދަ މަހުގެ ކޮންމެ ބުދަ ދުވަހެއްގެ ރޭ ގައި ކަމަށެވެ. އެ ރޭ ތައް ދިމާވަނީ 10 ވަނަ ދުވަހާއި 17 ވަނަ ދުވަހާއި 24 އަދި 31 ވަނަ ދުވަހުގެރެއަށެވެ.
މައުމޫން ފައުންޑޭޝަންގެ އިހްޔާ ކުރުން ބާއްވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ. އެ ފައުންޑޭޝަންގެ އިހްޔާ ކުރުމުގެ ފުރަތަމަ ޖަލްސާ އޮންނާނީ މާދަމާ ރޭގަ އެވެ. އެ ޖަލްސާފައު ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމާއި ފަޟީލަތުލް އުސްތާޒުއް ޝައިހު މުޙަންމަދު ރަޝީދު އިބްރާހީމް ވާހަކަފުޅު ދައްކަވާނެ އެވެ.
ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނީ ތަގުވާވެރިކަމުގެ ބައެއް މިސާލު ގެ މައްޗަށެވެ.
މައުމޫން ފައުންޑޭޝަންގެ އިހްޔާ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާ މާދަމާ ރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ