މޯލްޑިވްސް އިސްލާމިކް ބޭންކުން މ. ދިއްގަރުގައި އެ ބޭންކުގެ އާ ސޭލްސް ސެންޓަރަކާއި، އޭޓީއެމްއެއް ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު ހެނދުނު ދިއްގަރުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިދެއްވީ ދިއްގަރު ކައުންސިލުގެ ރައީސް އަހުމަދު ނިޝާނާއި، އެމްއައިބީގެ އިސްވެރިންނެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހުޅުވި ތަނެއް ކަން އެ ބޭންކުން ފާހަގަކުރި އެވެ.
އަދި، އަލަށް ގާއިމުކުރި މި ސޭލްސް ސެންޓަރުން ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭ އިރު، އަލަށް ހުޅުވި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ދިއްގަރު ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނި ގޮތުގައި މި ހިދުމަތްތައް ތައާރަފް ކުރީ އެ ރަށުގައި ކުރިއަރަމުން އަންނަ މާލީ ބޭނުންތައް ދެނެގަނެ، ފަސޭހައިން ހިދުމަތްތައް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށެވެ.
އެމްއައިބީން ދަނީ އެ ބޭންކުގެ ހިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ދިއްގަރަށް އެމްއައިބީގެ ސޭލްސް ސެންޓަރަކާއި އޭޓީއެމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ