މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މި އަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ސްޕެއިންގެ ރައްޔިތެއްކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާއެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ ޤަޠަރު އެއާވޭސްގެ ފްލައިޓެއްގައެވެ.
1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ޚާއްސަ ޙަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ޙަރަކާތުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެއް މިލިއަން ޓޫރިސްޓު ހަމަވިއިރު، މިދިޔަ އަހަރު 1 މިލިއަން ހަމަވީ ޖޫން މަހުގެ ކުރީ ކޮޅުގައެވެ. އެހެންކަމުން، މިއަހަރު ރާއްޖެއަށް 1 މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައި މިވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ލަހުންނެވެ. މީގެ މައިގަނޑު ސަބަބަކީ މެދު އިރުމަތީގައި ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތަރުފަތުރަށް އައިސްފައިވާ ލޮޅުމެވެ. އެހެންނަމަވެސް، މިހާލަތުން އަރައިގަނެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ފަތުރުވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތެއް ކުރަމުންނެވެ.
މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ