ތިލަދުންމަތީ ސްކޫލުތަކުގައި މެދުގައި ބޭއްވި ފެތުމުގެ މުބާރާތުގެ ގިނަ ކާމިޔާބީތައް ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހޯދައިފި އެވެ.
މިއީ މި މުބާރާތުގެ ރަންވަނަތައް ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހޯދި ހަތަރު ވަނަ އަހަރެވެ.
ކުޅުދުއްފުށީ ރަށްމަތި ޓްރެކް ސަރަހައްދުގައި މިމަހު ބޭއްވި މި މުބާރާތުގައި ބޮޑު ތިލަދުންމަތީގެ 17 ސްކޫލަކުން 361 ދަރިވަރަކު ވާދަކުރި އެވެ.
މިއަހަރު ވަނަތައް ހޮވީ އަތޮޅުތަކަށް ބަހާލައިގެންނެވެ. އެހެންނަމަވެސް އެންމެ މަތިން ޕޮއިންޓް ހޯދައިގެން ބެސްޓް ސްކޫލްގެ މަގާމު ހޯދި ހއ އަތޮޅު ތައުލީމީ މަރުކަޒެވެ. އެ ސްކޫލުން 1010 ޕޮއިންޓް ހޯދި އެވެ.
ހދ އަތޮޅުން 415 ޕޮއިންޓާއެކު އެންމެ ކުރީގައި އަފީފުއްދީން ސްކޫލް އުޅޭއިރު 405 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޖަލާލުއްދީން ސްކޫލެވެ. އަދި 302 ޕޮއިންޓް ހޯދައިގެން ހދ އަތޮޅުން ތިންވަނަ ހާސިލުކުރީ މަކުނުދޫ ސްކޫލެވެ.
ށ އަތޮޅަށް ބަލާއިރު 230 ޕޮއިންޓް ހޯދައިގެން ފުނަދޫ ސްކޫލް އެއްވަނަ ހޯދައިއިރު 180 ޕޮއިންޓާއެކު ދެވަނަގައި އޮތީ ޅައިމަގު ސްކޫލެވެ. ތިންވަނަ ހޯދީ 165 ޕޮއިންޓާއެކު ށ އަތޮޅު މަދަރުސާ އެވެ.
ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ޓްރޮފީއާ ހަވާލުވަނީ. އެ ސްކޫލްގެ ދަރިވަރުން ވަނީ ފެތުމުގެ މުބާރާތުން ރަންވަނަތައް ހާސިލްކޮށްފައި--ކޭއޯފޮޓޯ
ބެސްޓް ސްކޫލް އެވޯޑް – ޖޫނިއާ ގުރޫޕް
ބެސްޓް ސްކޫލް: ހއ އަތޮޅު ތައުލީމީ މަރުކަޒު – 700 ޕޮއިންޓް.
ދެވަނަ ބެސްޓް ސްކޫލް: އަފީފުއްދީން ސްކޫލް – 355 ޕޮއިންޓް.
ތިންވަނަ ބެސްޓް ސްކޫލް: މަކުނުދޫ ސްކޫލް - 265 ޕޮއިންޓް.
ބެސްޓް ސްކޫލް އެވޯޑް – ސީނިއާ ގުރޫޕް
ބެސްޓް ސްކޫލް: ޖަލާލުއްދީން ސްކޫލް – 405 ޕޮއިންޓް.
ދެވަނަ ބެސްޓް ސްކޫލް: ހއ އަތޮޅު ތައުލީމީ މަރުކަޒު – 250 ޕޮއިންޓް.
ތިންވަނަ ބެސްޓް ސްކޫލް: ށ ފުނަދޫ ސްކޫލް – 200 ޕޮއިންޓް.
ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ޓްރޮފީއާ ހަވާލުވަނީ. އެ ސްކޫލްގެ ދަރިވަރުން ވަނީ ފެތުމުގެ މުބާރާތުން ރަންވަނަތައް ހާސިލްކޮށްފައި--ކޭއޯފޮޓޯ
ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހޯދި ކާމިޔާބީއަށް ބަލާއިރު، ޖޫނިއާ އޭ ކެޓަގަރީގެ އަންހެން/ފިރިހެންގެ ބެސްޓް ސްވިމަރ މަގާމުވެސް ހޯދީ އެ ސްކޫލުންނެވެ. އަދި ޖޫނިއާ ބީ-ފިރިގެން ކެޓަގަރީ ބެސްޓް ސްވިމަރސްގެ ތިންވަނަވެސް ހޯދީ ހއ އަތޮޅު ތައުލިމީ މަރުކަޒުގެ ދަރިވަރުންނެވެ. މީގެ އިތުރުން ސީނިއާ ފިރިހެން -އޭ ކެޓަގަރީގެ ބެސްޓް ސްވިމަރގެ ތިންވަނަ ހޯދާފައިވަނީވެސް އެ ސްކޫލްގެ ދަރިވަރެކެވެ.
ބެސްޓް ސްކޫލް ކެޓަގަރީއަށް ބަލާއިރު ޖޫނިއާ ފިރިގެން-އޭ ގުރޫޕްގެ ދެވަނަ ހއ އަތޮޅު ތައުލީމީ މަރުކަޒު ހޯދިއިރު އެ ކެޓަގަރީގެ އަންހެން ބައިގެ ބެސްޓް ސްކޫލް މަގާމާއި ޖޫނިއާ ފިރިހެން -އޭ ކެޓަގަރީގެވެސް ބެސްޓް ސްކޫލްގެ މަގާމު ހޯދީ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.
ތިލަދުންމަތީ ފެތުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ 18 ވަނަ ދުވަހު ހަވީރު އަފީފުއްދީން ސްކޫލް ހޯލުގައި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހއ އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝިޒްލީން އެވެ. މި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސްރަފް އަބުދުﷲ އާއި ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ އަދި އެސޯސިއޭޝަންގެ ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
ތިލަދުންމަތީ ފެތުމުގެ މުބާރާތުގެ ރަންވަނަތައް ހއ އަތޮޅު ތައުލީމީ މަރުކަޒަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ