ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް، ފައިބާ ބްރޯޑްބޭންޑް އަދި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެ 'ފޯރި ލަކީޑްރޯ' ޕްރޮމޯޝަން އިއުލާންކޮށްފި އެވެ.
މި ދުވަސްވަރުގެ ފީފާ ވޯލްޑް ކަޕްގެ ފުޓުބޯޅަ ފޯރިއާ ދިމާކޮށް ދިރާގުން ފެށި މި ޕްރޮމޯޝަނުގެ ތެރެއިން ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ދިރާގުން ބުނީ މިހާރު ކުރިއަށް ދާ މެޗުތަކުގެ ކޮންމެ ރައުންޑެއް ނިމުމަށް ފަހު ގުރުއަތުލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
• 32ވަނަ ރައުންޑް: 32 ނަސީބުވެރިއަކަށް 100 ޖީބީ ޑޭޓާ
• 16ވަނަ ރައުންޑް: 16 ނަސީބުވެރިއަކަށް ޖޭބީއެލް ޓިއުން 730ބީޓީ ހެޑްފޯން
• ކުއާޓާ ފައިނަލް: 8 ނަސީބުވެރިއަކަށް ޖޭބީއެލް ކްލިޕް 5 ސްޕީކަރު
• ސެމީ ފައިނަލް: 4 ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން
• ފައިނަލް: 1 ނަސީބުވެރިއަކަށް 65އިންޗީގެ ޓީސީއެލް 4ކޭ ސްމާޓް ޓީވީ
މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވައިލައިފަ އެވެ.
މިގޮތުން ދިރާގު އެޕްގައިވާ "ޖެހީ ލިބުނީ" އިން ސަޕޯޓްކުރާ ޓީމެއް އިހްތިޔާރުކުރުމަށް ފަހު، ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ އާ ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ މިހާރު ގެންގުޅޭ ޕްލޭން ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން މި ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.
މީގެ އިތުރުން، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 100 ރުފިޔާ އިން މަތީގެ އެޑް-އޮންއެއް ނުވަތަ ބޫސްޓާއެއް އެކްޓިވޭޓް ކޮށްގެން ބައިވެރިވެވޭއިރު، ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖް އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި، ޑިޖިޓަލް ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް "ފޯރި ލަކީޑްރޯ" ގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު 'ފޯރި' ލަކީޑްރޯއިން 65 އިންޗީގެ ޓީވީއަކާއި އަގުހުރި އިނާމުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ