މީރާގެ ކުޑަކުދިންގެ ހަވީރު އަންނަ ހުކުރު ދުވަހަށް ފަސްކޮށްފި

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރިއަށް ގެންދަން އުޅުނު ކުޑަކުދިންގެ ހަވީރު އަންނަ ހުކުރު ދުވަހަށް ފަސްކޮށްފި އެވެ. މީރާއިން ބުނި ގޮތުގައި ކުޑަކުދިންގެ ހަވީރު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ގިނަ ކުޅިވަރުތަކާ އެކީގައި، ކުޑަކުދިންގެ ބަގީޗާގައި ހުކުރު ދުވަހު ބާއްވާ މި ހަވީރުގައި، ކުޑަކުދިންގެ ހުނަރު ދައްކައިދޭ ޝޯއެއް ވެސް ކުރިއަށް ގެންދާނެ ކަމަށް މީރާއިން ބުނެ އެވެ. އަދި ސެލްފީ ނެގުމާއި ފޭސް ޕެއިންޓިން، މިއުޒިކަލް ޗެއާ، ދަޅު ވައްޓާ އަދި ފުޓްބޯޅަ ފަދަ ކުޅިވަރުތައް ހިމެނޭ ކަމަށް ވެސް ބުންޏެވެ. މީރާގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި އަހަރު ވަނީ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރާވައިފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ވަނީ މީރާގައި ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ގޮތުން "އޯޕަން ޑޭ" އެއް ބާއްވައިފަ އެވެ. މި ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް މީރާއިން ބުންޏެވެވެ. އަދި މި 'އޯޕަން ޑޭ' ގައި މީރާގެ އެކި ޑިޕާޓްމަންޓްތަކުގައި ކުރާ މަސައްކަތާއި މީރާގައި ވަޒީފާ އަދާ ކުރުމަށް ޝައުގުވެރިވާ މީހުންނަށް ވަޒީފާއާ ބެހޭ މައުލޫމާތު ދީފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ