އަބުދުﷲ ގާޒީ ބަދަލު ކުރަން ނިންމާފައިވަނީ ފެމެލީ ކޯޓަށް: ވަކީލް

އަހުމަދު އިބްރާހީމް
ޖިނާއީ ކޯޓުގެ އިސްގާޒީ އަވުދުﷲ މުހައްމަދު ބަދަލު ކުރުމަށް ނިންމާފައިވަނީ ފެމެލީ ކޯޓަށް ކަމަށް އޭނާގެ ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ ފެމެލީ ކޯޓަށް އަބުދުﷲ ގާޒީ ބަދަލު ކުރަން ނިންމީ އެކޯޓަކީ ދައުލަތުން މައްސަލަތައް ހުށަހަޅާ ކޯޓަކަށްނުވާތީކަމަށެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ދައްކަނީ ގާނޫނީ ހަމައަކުން ދައްކާ ވާހަކަތެއް ނޫން ކަމަށާއި އެ ކޮމިޝަނުން އެ މައްސަލަ ނިންމާފައިވަނީ ވެސް އިންސާފުވެރިކަމާއެކުގައި ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ