އުނގޫފާރު ދާއިރާގެ ވާދަވެރި ކެމްޕޭން ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން އެ ގޮނޑި އަށް ބޭފުޅަކު ހޮވުމަށް މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ބައި އިލެކްޝަންގެ ފޯރިގަދަ ކެމްޕޭން ހަވީރު 00: 6 ޖެހުމާ އެކު ނިންމާލައިފި އެވެ. ޕީޕީއެމުން ރ. އުނގޫފާރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ އިބްރާހީމް އަމީނަށް ތާއީދު ހޯއްދެވުމަށް މި ދާއިރާގައި ހިމެނޭ މާކުރަތާއި ހުޅުދުއްފާރު އަދި އުނގޫރަށް ޒިޔަރާތްކުރަމުން ގެންދާ އެ ޕާޓީގެ އިސް ވެރިން ވަނީ މިއަދުގެ ކެމްޕޭން ހިނގާލުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ގޮތުން އުނގޫފާރުގައި މިއަދު ބޭއްވި ފަހު ހިނގާލުމުގައި ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވެސް ބައިވެރިވަޑައިގެންނެވި އެވެ. މި ރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ހިނގާލުމުގައި އެ ޕާޓީ އަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ. ޕީޕީއެމްގެ ހިނގާލުމުގެ ކުރިން އެމްޑީޕީން ވެސް ވަނީ އެ ޕާޓީގެ ކެންޑިޑޭޓް ޑރ. އަހުމަދު އަޝްރަފަށް ތާއީދު ހޯދުމަށް ހިނގާލުމެއް ބާއްވައިފަ އެވެ. މި ހިނގާލުމުގައި އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ